އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމެއް ދިމާވުމުން އަންހެނުންނަށް ފަސޭހައިން ކަރުނައެޅޭތީ ފުރައްސާރަ ކުރަނީ ރޮވޭ ސަބަބު ނޭނގޭތީ! އެއީ އެކަނބަލުންގެ ހިތްވަރުދެރަކަމަކުން ނޫން!

ކަމެއް ދިމާވުމުން އަންހެނުންނަށް ފަސޭހައިން ކަރުނައެޅޭތީ ފުރައްސާރަ ކުރަނީ ރޮވޭ ސަބަބު ނޭނގޭތީ! އެއީ އެކަނބަލުންގެ ހިތްވަރުދެރަކަމަކުން ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

އަނބިންނަށް ނުވަތަ އެހެންވެސް އަންހެނަކަށް ރޮވޭތަން ފެނުމުން އެއީ އެމީހުންގެ ފިނޑިކަމުން ކަމަށްބުނެ މަލާމާތްކުރާ ބައަކުވެސް އުޅެއެވެ. އެހެންވެ ބައެއް މީހުން ކުރާ ސުވާލަކީ އަންހެނުންނަށް އެހާފަސޭހައިން ރޮވެނީ ހިތްވަރުދެރަކަމުން ނުވަތަ ފިނޑިކަމުންތޯއެވެ؟

މިސުވާލަށް ދޭން އޮތް ވަރަށް ސާފު ޖަވާބަކީ ނޫނެކެވެ! އެހޮތަށް އެވިސްނެނީ ކަންކަން ރަނގަޅަށް ނުއެނގޭތީއެވެ.

ހިތްދަތިވުމުން ފިރިހެނުންވެސް އަދި އަންހެނުންވެސް ރޮއިހަދައެވެ. ނަމަވެސް ކަރުނައަޅައި ރޯ އަދަދަށް ބަލައިފިނަމަ ފިރިހެނުންނަށްވުރެ މާގިނައިން އަންހެނުންނަށް ރޮވެއެވެ. އެއީ އެކަނބަލުންގެ ނިކަމެތިކަމަކުންނޫނެވެ. ބަލިކަށިވުމަކުންވެސް ނޫނެވެ. ހަމަ އެންމެ ކަމަކަށް ކެތްކުރަން އުނދަގޫވާތީއެވެ!

މިކިޔައިދޭ ވާހައިގައި ހިމެނޭ ޝައިޚުގެ ބަސްފުޅުން އަންހެނުންނަށް އެހައިފަސޭހައިން ރޮވޭ ސަބަބު އެނގިގެންދާނެއެވެ.

ދަރިފުޅަށް މަންމަ ރޯން ހުއްޓައި ފެނުމުން ސުވާލުކުރިއެވެ. "މަންމަ ރޮނީ ކީއްވެގެން ހެއްޔެވެ؟" މަންމަގެ ޖަވާބަކަށްވީ "އެއްވެސް ކަމެއް ނުވެއެވެ."

ދަރިފުޅަށް މިޖަވާބު ކަމަކު ނުދިއައެވެ. ބައްޕަ އާއި ބައްދަލުކޮށް ސުވާލުކުރިއެވެ. "މަންމަ އެ ރޮނީ ކީއްވެގެން ހެއްޔެވެ؟" ބައްޕަގެ ޖަވާބަކަށްވީ މަންމަ ރޮނީ އެއްވެސް ކަމެއް މެދުވެރިވެގެން ނޫން ކަމަށެވެ. އަންހެނުން ރޮނީ ވަކި ސަބަބެއް އޮވެގެނެއް ނޫނެވެ.

ކުއްޖާއަށް ބައްޕަގެ ޖަވާބަކުންވެސް ނުފުދުނެވެ. އެއްވެސް މީހަކު ކަމަކާއި ނުލައި ރޯނެ ކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އެއްވެސް މީހަކީ ރޯހިތުން ރޯނެ މީހެއް ކަމަކަށްވެސް ޤަބޫލެއް ނުކުރެވުނެވެ. އެހެންކަމުން އޭނާ ޤަޞްދުކުރީ އޭނާ އެންމެ އިތުބާރުކުރާ މުދައްރިސް، ޝައިޚުގެ އަރިހުގައި ސުވާލުކުރާށެވެ. އެހެންކަމުން އޭނާ ޝައިޚަށް ދެންނެވިއެވެ.

"ޝައިޚް އެވެ. އަޅުގަނޑުގެ މަންމަ ރޯން ހުއްޓާ އެބަ ފެނެއެވެ. ސުވާލު ކުރުމުން ބުނަނީ އެއްވެސް ކަމެއް ނުވާކަމަށެވެ. މަންމަ އެ ރޮނީ ކީއްވެގެންކަން ޝައިޚަށް އެނގިލައްވާތޯއެވެ؟"

ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ. "އަންހެނުން ﷲ ތަޢާލާ އުފައްދަވާފައިވަނީ ޚާއްޞަ ބާރުތަކަކާއި ސިފަތަކެއް ދެއްވަވައިފައެވެ. އަންހެނުންގެ ކޮނޑުގައި މުޅި ދުނިޔެ އުފުލުމުގެ ބާރު ހުންނާނެއެވެ. އަދި އަންހެނެއްގެ ކިބައިން ފިރިހެނުންނަށް ލިބޭ އޯގާތެރި ފިރުމުންތައް އެއްވެސް ފިރިހެނެއްގެ ކިބައިން އެއްވެސް އަންހެނަކަށް ނުލިބޭނެއެވެ.

ނިކަން ވިސްނައިބަލާށެވެ. މާބަނޑުއިރު އަންހެނުން އެ އުފުލާ ބުރައާއި ވިހެއުމަށް އަޅާވޭން އުފުލުމަކީ ދުނިޔޭގެ ހުރިހާ ފިރިހެނުން އެކުވެގެންވެސް ކުރެވޭނެ ކަމެއް ނޫނެވެ. ދަރިން އުނދަގޫ ކުރި ނަމަވެސް އަދި އަނިޔާކުރި ނަމަވެސް ރުޅި ނައިސް ދަރިން ދެކެ ލޯބިވުމުގެ ބާރުވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ދަރިން ނިދިން ހޭލައި ރޯން ފެށުމުން ނުނިދައި ދަރިފުޅަށް ޚިދުމަތް ކުރުމުގައި ހުރުމުގެ ބާރުވެސް ވަނީ ދެއްވަވައިފައެވެ.

ހަމައެއާއިއެކު ފިރިންގެ ކިބައިން ފެންނަ ވަރަށް ގިނަ ނުރަނގަޅު ކަންތައްތަކަށް ކެތްކުރުމުގެ ބާރުވެސް ﷲ ތައާލާ ވަނީ ދެއްވަވައިފައެވެ. މިހުރިހާ ބާރުތައް ދެއްވަވާފައިވީނަމަވެސް އަންހެނުންނަށް ކެތް ނުކުރެވޭ އެއްކަމެއް އޮންނާނެއެވެ. އެއީ ހިތުގައި ޖެހުމުން ރުއިމެވެ. އެމީހުންނަށް ﷲ ތަޢާލާ ދެއްވެވި އަގުބޮޑު ކަރުނަތިކި ބޭރުނުކޮށް ހިފެހެއްޓުމަކީ އަންހެނުންނަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. ވީމާ އަންހެނުންގެ ރުއިން ގިނަވާނެއެވެ.

އަދި ބުނަން ހެއްޔެވެ؟ މައިން ރޮއްވުމަކީ ދަރިންނަށްވެސް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ. އަނބިން ރޮއްވުމަކީ ފިރިންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ. ވީމާ ދިރިއުޅެންވާނީ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެންނެވެ."

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް