އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރާހާ ކަމަކަށް ތަޢްރީފްކުރާ އެކުވެރިންނަކީ ހެޔޮއެދޭ ބައެއް ނޫން! ޙަޤީޤީ އެކުވެރިންނަކީ ކުރެވޭ ކުށްތައް ފާހަގަކޮށްދީ އިޞްލާޙްކުރަން ބުނާ މީހުން!

ކުރާހާ ކަމަކަށް ތަޢްރީފްކުރާ އެކުވެރިންނަކީ ހެޔޮއެދޭ ބައެއް ނޫން! ޙަޤީޤީ އެކުވެރިންނަކީ ކުރެވޭ ކުށްތައް ފާހަގަކޮށްދީ އިޞްލާޙްކުރަން ބުނާ މީހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

"އިސްލާމް ކަމަށްފަހު ހެޔޮ ލަފާ އެކުވެރިއަކަށްވުރެ ބޮޑު ނިޢްމަތެއް މުސްލިމަކަށް ލިބިގެނެއް ނުވެއެވެ."

މިއީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު ހެޔޮލަފާ އެކުވެރިންނަށް ދެއްވެވި މަތިވެރި ދަރަޖައެވެ. ބަޔާންކުރައްވަވާފައި އެވަނީ އިސްލާމްކަމަށްފަހު މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢްމަތަކީ ހެޔޮލަފާއެކުވެރިންކަމެވެ.

ޢުމަރުގެފާނަށް މުސްލިމުންގެ ޚަލީފާކަން ލިބިވަޑައިގަތުމުން އެކަމަށް ތަޢްރީފްކުރި މީހެއްގެ ގާތު އެކަލޭގެފާނަށް ތަޢްރީފް ނުކުރުމަށް ވިދާޅުވެ އޭނާއަކީ ޢުމަރުގެފާނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭކަލަކު ކަމުގައިވާނަމަ އެކަލޭގެފާނުގެ ކިބައިގައި ހުންނަ އުނިސިފަތަކާއި ކުރެއްވޭ ކުށްތައް ބަޔާންކޮށްދެއްވައި އިޞްލާޙްކުރަން އެހީތެރިވެދޭ މީހަކު ކަމުގައިވުމަށް ވިދާޅުވެފައިވެއެވެ.

ހެޔޮލަފާ އެކުވެރިންނަށް ޢުމަރުގެފާނު ދެއްވެވި ދަރަޖަ ހާދަހައި މަތިވެރިއެވެ. އޮތީ އެންމެ ސުވާލެކެވެ. މިފަދައެކުވެރިން މިއަދު ލިބިދާނެހެއްޔެވެ؟ އެފަދަ މީހުން މިއަދު ދުނިޔޭގައި އެބަތިބިހެއްޔެވެ؟ މިފަދައިން ސުވާލުކުރާ މީހާއަށް އަހުރެން ބުނަން އޮތީ ފުރަތަމަ ތިމާއަކީ އެފަދަ މީހަކަށްވާށެވެ!

ކޮންމެ އިންސާނަކީވެސް އެމީހެއްގެ ކިބައިގައި ކޮންމެވެސް އުނިސިފަތަކެއް ހުންނާނެ މީހެކެވެ. އެމީހެއްގެ ކިބައިގައި އުނިސިފަތައް އެހެންނަނީ އެއީ އުނިސިފައެއްކަން އެމީހަކަށް ޤަބޫލުނުކުރެވޭތީއެވެ. އެކަން ޤަބޫލުކުރެވޭ މީހަކު އެމީހާގެ ކިބައި އުނިސިފަތައް ބަހައްޓާނެހެއްޔެވެ؟ އެމީހެއްގެ ކިބައިގައި އުނިސިފަ ހުރުމަށް ހަމައެކަކުވެސް ނުއެދޭނެއެވެ.

އެހެންކަމުން ކޮންމެ މީހަކަށްވެސް އެންމެ މުހިންމު އެއްކަމަކީ އެމީހެއްގެ ކިބައިގައި ހުންނަ އުނިސިފަތައް އެމީހަކަށް ބުނެދީ އެމީހަކު އިޞްލާޙް ކުރުމަށް އެހީތެރިވެދޭނެ މީހެކެވެ.

ކިތަންމެ ގާތް އެކުވެރިއަކަށް ނަމަވެސް އެއްވެސް މީހަކަށް ނަޞޭޙަތެއް ދޭނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އެގޮތުން މީސްތަކުންގެ ތެރޭގައި ހުއްޓައި އެހެން މީހުންނަށް އެނގޭ ގޮތަށް ނަޞޭޙަތް ދިނުމެއް ނެތެވެ! އެއިރުން އެކަން ވާނީ އެމީހަކު ފަޟީޙަތްކުރުން ކަމަށެވެ. ބަލައިގަތުމުގެ ބަދަލުގައި ކުރެވޭނީ ނަފްރަތެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް