އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 13 ސިކުންތު
ގަޟާ ޙާޖަތް ކުރުމުގެ އަދަބުތައް:
1. ގިބްލައަށް ކުރިމަތިލައިގެން ނުވަތަ ފުރަގަސްދީގެން ނުހުރުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
(إِذَا جَلَسَ أَحَدُكُمْ عَلَى حَاجَتِهِ فَلا يَسْتَقْبِلْ الْقِبْلَةَ وَلا يَسْتَدْبِرْهَا )
މާނައަކީ: "ތިޔަބައިމީހުން ގަޟާ ޙާޖަތްކުރުމަށް އިށީންނަ ހިނދުގައި ގިބްލައަށް ކުރިމަތިވާ ގޮތަށް ނުހުންނާށެވެ. އަދި ގިބްލައަށް ފުރަގަސްދީގެންވެސް ނުހުންނާށެވެ".
2. ކުޑަކަމުދާ ވަގުތުގައި ކުރިމަތީފަރާތުގައި ކަނާއަތުން ނުހިފެހެއްޓުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
(إِذَا بَالَ أَحَدُكُمْ فَلا يَأْخُذَنَّ ذَكَرَهُ بِيَمِينِهِ وَلا يَسْتَنْجِي بِيَمِينِهِ)
މާނައަކީ: "ތިޔަބައިމީހުން ކުރެ މީހަކު ކުޑަކަމުދާ ކަމަށްވަނީނަމަ، ކުރިމަތީފަރާތުގައި ކަނާ އަތުން ނުހިފާށެވެ. އަދި ކަނާއަތުން އިސްތިންޖާ ނުކުރާށެވެ".
3. ނަޖިސް ސާފު ކުރުމުގައި ވާއަތް އިސްކުރުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
(إِذَا تَمَسَّحَ أَحَدُكُمْ فَلا يَتَمَسَّحْ بِيَمِينِهِ)
މާނައަކީ: "ތިޔަބައިމީހުން ކަނާއަތުން ނަޖިސް ސާފުކޮށް ނުހަދާށެވެ".
روت حفصة رضي الله عنها زوج النبي صلى الله عليه وسلم أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَجْعَلُ يَمِينَهُ لأَكْلِهِ وَشُرْبِهِ وَوُضُوئِهِ وَثِيَابِهِ وَأَخْذِهِ وَعَطَائِهِ وَيَجْعَلُ شِمَالَهُ لِمَا سِوَى ذَلِكَ)
މާނައަކީ: "އުއްމުލް މުއިމިނީނަ ޙަފްޞާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. ކެއުމަށާއި ބުއިމަށް، އަދި ވުޟޫ ކުރުމަށާއި ހެދުން ލުމަށް، އަދި އެއްޗެތި ދީ ހިފުމުގައި ރަސޫލު-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަނާއަތް އިސްކުރައްވައެވެ. އެނޫން ކަންތައް ތަކުގައި ވާއަތް އިސްކުރައްވައެވެ".
4. އިށީނދެ އިނދެ ގަޟާ ޙާޖަތް ކުރުން. އަދި ކުޑަކަމުދާ އެއްޗެތި ބަޔަށް ނުބުރާނެ ގޮތަކަށް ކަންތައް ކުރުން.
5. މީސްތަކުންނަށް ނުފެންނަ ގޮތަށް ގަޟާ ޙާޖަތް ކުރުމަށް ހުރުން.
6. ފާޚަނާ އަށް ވަންނަމުންނާއި ނިކުންނަމުން ކިޔުމަށް ވާރިދުވެފައިވާ ދުޢާ އާއި ޛިކްރުތައް ކިޔުން.
7. ޙާޖަތްކޮށް ނިމިގެން ރަގަޅަށް ނަޖިސް ސާފު ކުރުން.
8. ހިނގަ ހިނގާ ހުންނަ ފެންގަނޑަކަށް ކުޑަކަމު ނުދިޔުން.
9. މީސްތަކުން ހިނގާ މަގަކަށް ކުޑަކަމު ނުދިޔުން.
10. ގަޟާ ޙާޖަތް ކުރާން ހުންނަ ގަޑީގައި ވާހަކަ ދައްކާ ނުހެދުން.
ފެނުގެ ބައިތައް:
ފެން ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ޠާހިރު ފެނާއި ނަޖިސް ފެނެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
15 ޖޫން 2025