އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު
ދުވަހުގެ އެންމެ މުހިންމު ކެއުމުގެ ގޮތުގައި ނާސްތާ ފާހަގަ ކުރެވެއެވެ . އަދި މިއީ ޚާއްޞަކޮށް ޓައިޕް 2 ހަކުރުބަލި ހުންނަ މީހުންނަށް ވެދާނެ ކަމެކެވެ.
މިސާލަކަށް ކުޑަކުޑަ އެއް ދިރާސާއެއްގައި ދިރާސާވެރިން ވަނީ ޓައިޕް 2 ހަކުރުބަލީގެ 22 މީހުންގެ ކާނާ ކެއުމުގެ އިތުރުން ލޭގައި ހަކުރު ހުންނަ މިންވަރު ދެ ދުވަސް ވަންދެން ޓްރެކްކޮށްފަ އެވެ. މި ދެ ދުވަހުގެ ތެރޭގައި ކާނާ ކެއުމުގެ ތަފާތަކީ ބައިވެރިން އެއްދުވަހުގެ ހެނދުނު ނާސްތާ ކެއުމަށް ފަހު އަނެއް ދުވަހު ހެނދުނު ނާސްތާ ނުކެއުމެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާ ދޫކޮށްލި ދުވަހު މުޅި ދުވަހު ލޭގައި ހަކުރު ހުންނަ މިންވަރު މަތިވެފައިވެ އެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހެނދުނުގެ ނާސްތާ ދޫކޮށްލުމަކީ އިންސިއުލިން އުފައްދާ ޕެންކްރިއާސްގެ ބީޓާ ސެލްތަކުގެ މަސައްކަތް ހުއްޓުވާފާނެ ކަމެކެވެ.
އެކަމަކު ހަނދާން ކުރަންވީ ލޭގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ބެހެއްޓުމަށް ވާހަކަ ދައްކާއިރު، ހަމައެކަނި ކޮންމެ ނާސްތާއަކުން ވެސް ނުފުދޭނެ ކަމެވެ. "ނާސްތާގައި ކާ އެއްޗަކީ މުހިއްމު އެއްޗެއް، އަޅުގަނޑު ބާރުއަޅަނީ ސީރިއަލް ފޮށިތަކުގެ އިތުރުން ވިސްނުމަށް. ހަކުރު ގިނަ ސީރިއަލް އާއި ޖޫސްތަކަކީ އެހީތެރިކަމެއް ނޫން، އަހަރެން ލަފާދެނީ ހެނދުނުގެ ކެއުންތަކުގައި ނިއުޓްރިއެންޓްސް ގިނަ އަދި ހަކުރުބައްޔާއި ރައްޓެހި، ކާބްސް މަދު ކާނާ ކެއުމަށް!"
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
Advertisement
15 ޖޫން 2025