އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޤްޠިޞާދު ކުރަން އިސްކަން ދެއްވާ! ދުނިޔެ މިދަނީ މާލީ ކާރިސާއަކާ ދިމާއަށް!

އިޤްޠިޞާދު ކުރަން އިސްކަން ދެއްވާ! ދުނިޔެ މިދަނީ މާލީ ކާރިސާއަކާ ދިމާއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ހައްދުފަހަނައަޅާފައިވާ ޔަހޫދީން އީރާނަށް ޙަމަލާދިނުމުން މިހާރުވެސް މިވަނީ ތެލުގެ އަގު އުފުލެންފަށައިފައެވެ. 10 އިންސައްތަ މިހާރުވެސް އުފުލިއްޖެއެވެ. އިތުރަށް އުފުލޭނެ މިންވަރެއް އަންދާޒާކުރަންވެސް ނުއެނގެއެވެ!

މިކަމުގެ އަސަރު މުޅިދުނިޔެއަށްވެސް ކުރާނެއެވެ. ރާއްޖެއަށްވެސް ކުރާނެއެވެ. ތަކެއްޗާއި ޚިދުމަތުގެ އަގުތައް އުފުލިގެންދާނެއެވެ. މަސވެރިކަން ކުރުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެގެންދާނެއެވެ. ކަރަންޓް ބިލް ބޮޑުވެގެންދާނެއެވެ. އުފެއްދުންތެރިކަމުގެ ސިނާއަތަށް މިކަމުގެ އަސަރުކުރާނެއެވެ. ދަތުރުފަތުރުކުރުމުގެ އަގުތައް އުފުލިގެންދާނެއެވެ. 

އުފުލިގެންދާނީ ހަަމއެކަނި ތެލުގެ އަގެއް ނޫނެވެ. ކައްކާ ގޭހުގެ އަގުވެސް ބޮޑުވާނެއެވެ. ވާން އޮތްވަރަކުން އިތުރަށް ހޯދައި ރައްކާކުރަން މަސައްކަތްކުރާށެވެ! 

މިއިން ކޮންމެ ކަމަކުންވެސް ޖީބުތަކަށް ކުރާބާރު ބޮޑުވެގެންދާނެއެވެ. މުސާރަތައް ކުޑަވެ ލިބޭ އާމްދަނީ މަދުވެގެންދާނެއެވެ. ވީމާ ކޮންމެ މީހަކުވެސް މިކަންކަމަށް ވިސްނައި ސަމާލުކަންދޭން މަސައްކަތްކުރަން މިވަނީ މަޖުބޫރުވެފައެވެ. 

މިފަދަ ޙާލަތުގައި ކުރަން އޮތް އެންމެ ފުރަތަމަ ކަމަކީވެސް ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމެވެ. ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ނުކުރުމެވެ. އެންމެ ރުފިޔާއެއް ނަމަވެސް ރައްކައުކުރެވޭތޯ މަސައްކަތްކުރުމެވެ. މާލީ ކާރިސާއަކާއި ކުރިމަތިލާންޖެހޭ ވަޤުތު ތިމާއަށް އެހީތެރިވެދެވޭނެ މީހަކު ހުންނާނެ ކަމަށް ނުބަލާށެވެ! އެންމެންނަށްވެސް އުޅެންޖެހޭނީ ނުފުދިގެންނެވެ. އެޙާލަތުގައި އޮންނާނީ އެހެން މީހަކަށް އެހީތެރިވެނުދެވިފައެވެ. 

ތިމާއަށް ފުދުންތެރިކަން ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ދުނިޔޭގައި ހަމަޖެހުން ޤާއިމުކުރެވި ޢާންމު ޙާލަތެއްގައި ދިރިއުޅެވޭނެ މަގު ދެއްކެވުން އެދިގެންވެސް ދުޢާކުރާށެވެ!

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު