އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިޔުކޭޝަން އެންޑް ވެލްނެސް އެކްސްޕޯ 2025" މިނިސްޓަރ ޑރ.ހައިދަރު އިފްތިތާޙްކޮށްދެއްވައިފި

"މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިޔުކޭޝަން އެންޑް ވެލްނެސް އެކްސްޕޯ 2025" މިނިސްޓަރ ޑރ.ހައިދަރު އިފްތިތާޙްކޮށްދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު ވަނީ "މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިޔުކޭޝަން އެންޑް ވެލްނެސް އެކްސްޕޯ 2025" އިފްތިތާޙް ކޮށްދެއްވައިފައެވެ.

މި ޖޫން މަހުގެ 13، 14 އަދި 15 ވަނަ ދުވަހުގެ ހަވީރު 15:00 ކުން ރޭގަނޑު 22:30އާއި ހަމައަށް ސެންޓްރަލް ޕާކްގައި ކުރިއަށްދާ މި އެކްސްޕޯ އަކީ ބޭރުގެ ފަރާތްތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ތަޢުލީމީ އަދި ސިއްޙީ ދާއިރާ ކުރިއެރުމަށް އަމާޒުކޮށް ބޭއްވޭ އެކްޕޯއެކެވެ. އެގޮތުން، މި އެކްސްޕޯގެ ދަށުން، ދަރިވަރުން ކުރިއަށްދިޔުމަށް ބޭނުންވާ ދާއިރާ ޚިޔާރުކުރުމާއި، ވަޒީފާ ޢަދާކުރާ ފަރާތްތަކާއި މަސައްކަތްތެރިންނަށް މަސައްކަތުގެ މައިދާނުގައި ކުރިއެރުމަށް ބޭނުންވާ އެއްބާރުލުމާއި އެހީ ފޯރުކޮއްދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމަކީ ދިވެހި ދަޢުލަތުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިފަދަ އެކްސްޕޯތަކުގެ ސަބަބުން ބޭރުގެ ތަޢުލީމީ މަރުކަޒުތަކާއި ގުޅުން ބަދަހިވުމާއިއެކު، ދިވެހި ދަރިވަރުންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އިތުރުވެގެންދާނެއެވެ.

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު