އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު
ހަކުރުބަލީގެ އުދަނގޫތަކުގެ ތެރޭގައި ނާރުތަކަށް ގެއްލުންވުމާއި، ކިޑްނީގެ ބަލިތަކާއި، ހަމުގެ ހާލަތޮ ގޯސްވުމާއި ލޮލަށް ގެއްލުންވުމާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުން ފަދަ ކަންކަން ހިމެނެއެވެ. އެހެން ކަމުން ހަކުރުބަލިން ނުލިބޭ ގެއްލުމެއް ނެތްކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.
ލޭގައި ހަކުރު މަތިވުމަށް މެދުވެރިވާ މައިގަނޑު އަދި އެންމެ ގިނައިން ވާހަކަ ދައްކާ އެއް ސަބަބަކީ ކާބޯހައިޑްރޭޓްސް މާ ގިނައިން ހުންނަ ކާނާ ކެއުމެވެ. ކާބޯތަކެތި ގިނަ ކާނާ (މިސާލަކަށް ހުދު ރޮށި، ހުދު ފުށް ޕާސްތާ، ހަކުރު އެކުލެވޭ ބުއިންތަކާއި ފްރެންޗް ފްރައިސް) އަކީ ލޭގައި ހަކުރު އިތުރުވާ އެންމެ އާންމު ކާނާތަކުގެ ތެރޭގައި ހިމެނޭ ކާނާ ކާނާތަކެވެ.
ހަކުރުބަލި ހުންނަ ގިނަ މީހުންނަށް ޕްރޮސެސްޑް ކާނާ ކެއުމުން އުނދަގޫވާއިރު، އެ ކާނާތަކުގައި ހަކުރު އިތުރުވެފައި ވަނީ،" ނިއުޔޯކް ސިޓީގެ މައުންޓް ސިނާއީގައި ހުންނަ އިކާން ސްކޫލް އޮފް މެޑިސިންގެ އެންޑޮކްރިނޮލޮޖީގެ އެސިސްޓެންޓް ކްލިނިކަލް ޕްރޮފެސަރު ގްރެގޯރީ ޑޮޑެލް، އެމްޑީ ވިދާޅުވި އެވެ. އުފާވެރި ޚަބަރަކީ ހަކުރުބައްޔާއި ރައްޓެހި ކާނާ ކެއުމުގައި ހިފަހައްޓައި، ދުވަހުގެ ތެރޭގައި ޖިސްމާނީ ހަރަކާތްތެރިކަން ހިމަނައިގެން، ބޭސް ކެއުމުން (ޑޮކްޓަރު ލަފާދީފިނަމަ) އަދި ލޭގައި ހަކުރުގެ މިންވަރު ގަވާއިދުން މޮނިޓަރކޮށްގެން ޓައިޕް 2 ހަކުރުބަލީގެ މައްޗަށް ރަނގަޅު ކޮންޓްރޯލެއް ލިބިގެންދާނެ ކަމެވެ.
ނަމަވެސް ލޭގައި ހަކުރު މަތިވުމަށް މެދުވެރިވާ ބައެއް ސަބަބުތައް ތިބާގެ ކޮންޓްރޯލުން ބޭރުގައި ނުވަތަ ފޮރުވައިގެން ވެސް ތިބާގެ ގައިގައި ޖެހިދާނެ އެވެ. މިފަދަ ޓްރިގަރތަކުގެ ސަބަބުން ހުރިހާ ކަމެއް ރަނގަޅަށް ކުރަމުންދާ ކަމަށް ހީވިޔަސް ލޭގައި ހަކުރު ހުންނަ މިންވަރު ބެލެހެއްޓުމަށް ދަތިތަކެއް ކުރިމަތިވެދާނެއެވެ.
ވީމާ ކުރަން އޮތް އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ހަކުރުބަލި ނުޖެހުނަސް ކާބޯތަކެއްޗަށް ސަމާލުކަންދިނުމާއި ހަކުރުބަލި ޖެހިއްޖެނަމަ އިތުރަށް ސަމާލުކަން ދިނުން ހިމެނެއެވެ. ތިމާގެ ޞިއްޙަތަށް ބެލުމަކީ އެމީހެއްގެ ކަމެކެވެ. އެމީހެއްގެ ފުރާނައަށް ސަމާލުކަންދިނުމަކީ އެހެން މީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަންކުރެވޭނީ ހަމަ އެމީހަކަށެވެ.
Advertisement
15 ޖޫން 2025