އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު
އަޅުގަނޑަކީ 32 އަހަރުގެ އަންހެނަކީމެވެ. މައިންބަފައިން ދެއްކި މީހަކާ ކައިވެނިކުރަން އެއްބަސްވެ ރަންކީ ފަހުން އެނގުނު ގޮތުގަ އޭނާއަކީ މިހާރުވެސް ޙަރާމް ވިޔަފާރިކުރާ ހިލޭ އަންހެނުން ގެންގުޅޭ މީހަކު ކަމެވެ.
ބައެއް މީހުން ބުނަނީ ރަންކިޔައިފިނަމަ ކައިވެނިކުރަންޖެހޭނެ ކަމަށާއި ފަހުން ވަރިވާނީ ކަމަށެވެ. އަޅުގަނޑު ކައިވެނިކުރަން ބޭނުންވަނީ ޢުމުރަށް އެކުގައި ދިރިއުޅުމުގެ ނިޔަތުގައެވެ. މިމީހަކީ މިހާރު އަޅުގަނޑު އެންމެ ކުޑަމިނުން ލޮލަށް ފެންނަން ބޭނުންވާ މީހެއްވެސް ނޫނެވެ. ވީމާ މިކަމުގައި ޢަމަލުކުރަން އޮތީ ކޮން ގޮތަކަށްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ރަންކިޔައިފިނަމަ ކައިވެނިކުރަންޖެހޭނެ ކަމަށާއި ފަހުން ވަރިވާނީ ކަމަށް ބުނާ މީހުން އެހަދަނީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ. ތިރީގައިވާ ޖަވާބުން އެކަން އެނގިލައްވާނެއެވެ. އަދި އެކުގައި ދިރިއުޅުމުގެ ނިޔަތް ނެތި ކައިވެނިކޮށްގެންވެސް ނުވާނެއެވެ.
ރަންކިޔާ ކައިވެންޔަށް އެދި ފޯމް ފުރުމަކީ ކައިވެނި ކުރުމެއް ނޫނެވެ. ކައިވެނި ކުރުމަށްވާނީ ކައިވެނީގެ ޢަގްދު ކުރެވުމުންނެވެ. ވީމާ، ކައިވެނިކުރަން ފޯމްފުރާ ރަންކިޔުމަށްފަހުގައި، އިންނަން އުޅޭ ފިރިހެން ކުއްޖާގެ ފަރާތުން ގޯސްކަމެއް ފެނިއްޖެކަމަށް ވަނީނަމަ ފޯމް ކެންސަލްކޮށް އެހެންމީހަކާ ކައިވެނި ކުރުމަކީ މައްސަލައެއް ނޫނެވެ. والله أعلم
- ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
15 ޖޫން 2025