އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ތިބާގެ ހިތުގެ އަޑިން އަހުރެން ދެކެ ލޯބިވާނަމަ އުފުލައިގެން ގެންގުޅޭނެ ހިތްވަރު އެބަހުރި" ކަމަށްބުނެ ނުހިނގޭ އަންހެނަކާ ލޯބިން ކައިވެނިކުރި ޒުވާނަކަށް ލިބުނު ބޮޑު ތަނަވަސްކަމުގެ ވާހަކަ-

"ތިބާގެ ހިތުގެ އަޑިން އަހުރެން ދެކެ ލޯބިވާނަމަ އުފުލައިގެން ގެންގުޅޭނެ ހިތްވަރު އެބަހުރި" ކަމަށްބުނެ ނުހިނގޭ އަންހެނަކާ ލޯބިން ކައިވެނިކުރި ޒުވާނަކަށް ލިބުނު ބޮޑު ތަނަވަސްކަމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 1 ސިކުންތު

އެއީ ތަނަވަސް ޒުވާން އަންހެނެކެވެ. އޮފީހަށް ގޮސްއުޅެނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އޭނާގެ ތަނަވަސްކަން މުވައްޒިފުންނަކަށް ނުއަންގައެވެ. އެއީ އޭނާގެ ކުންފުންޏެއް ކަމެއްވެސް ހާމައެއް ނުކުރެއެވެ. އޮފީހުގައި މަސައްކަތްކުރަނީ މުވައްޒިފަކަށް ހެދިގެންނެވެ. 

އެހެންވެ އެއްވެސް ފިރިހެނަކު އޭނާއަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ފަހަރެއްގައި މީހަކު ސަމާލުކަން ދިންނަމަވެސް ބަލަނީ އޭނާގެ ކިބައިން ފައިސާ ހޯދޭތޯއެވެ. 

އެހެން އުޅެނިކޮށް ޒުވާން މުވައްޒިފަކު އޭނާދެކެ ލޯބިވާކަމަށް ބުނަން ފަށައިފިއެވެ. އެންމެފަހުން އެޒުވާނާގެ ހުށަހެޅުން ޤަބޫލުކޮށް ކައިވެނިކުރަން އެއްބަސްވިއެވެ. ބުންޏެވެ. "އަހުރެންނަށް ހިނގައި ނުއުޅެވޭކަން އެނގޭއިރުވެސް ހަމަ ލޯބިވަނީ ހެއްޔެވެ؟ ގޭތެރޭގައި އުފުލަންޖެހޭނެކަން އެނގޭއިރުވެސް ހެއްޔެވެ؟" 

ޒުވާނާ ބުންޏެވެ. "އަހުރެން ލޯބިވަނީ ދެފައި ނޫނީ އެހެންވެސް ގުނަވަނެއް ދެކެއެއް ނޫނެވެ. ތިބާ ދެކެއެވެ. ވީމާ ތިބާ އުފުލައިގެން ގެންގުޅެން ޖެހުމަކީ ނޫނީ އަތުގައި ހިފާލައިގެން އެކުގައި ހިނގާލަން ނުދެވުމަކީ މައްސަލައެއް ނޫނެވެ. ތިބާގެ ހިތުގެ އަޑިން އަހުރެން ދެކެ ލޯބިވާނަމަ ތިބާ އުފުލައިގެން ގެންގުޅުމުގެ ހިތްވަރު އަހުރެންގެ ކިބައިގައި އެބަހުއްޓެވެ." 

އޭނާއަކީ ނުކުޅެދޭ އަންހެނަކަށްވާތީ ޒުވާނާގެ މައިންބަފައިންވެސް ކައިވެންޏަށް ދެކޯޅު ހެދިއެވެ. ނަމަވެސް ޒުވާނާ ނިންމީ ކައިވެނިކުރާށެވެ. ކައިވެނިކުރީ މަޝްހޫރު ހޮޓަލެއްގައެވެ. ކައިވެނީގެ ރަސްމީ ބައި ނިމުމުން އަންހެން މީހާ ގޮނޑިތެދުވިއެވެ. އެކަމުން އެންމެންނަށް ލިބުނީ ބޮޑު ސިހުމެކެވެ. 

އެންމެން ޙައިރާންވެ ބަލަން ތިއްބައި ފިރިމީހާގެ އަތުގައި ހިފައިގެން ހިނގާފައި ގޮސް ދެމަފިރިން މީހުންނާއި ސަލާންކުރަން ހުއްޓިތިބެން ޚާއްޞަކޮށްފައިވާ ތަނުގައި ހުއްޓުމަށްފަހު ބުންޏެވެ. "އަހުރެންނަކީ ނުހިނގޭ މީހެއް ނޫނެވެ. އެތައް އަހަރެއްވަންދެން ފުރޮޅުލީ ގޮނޑީގައި އިނދެގެން މިކުރި މަސައްކަތަކީ ތެދުވެރި ލޯބިން އަހުރެން ދެކެ ލޯބިވާނެ މީހަކު ހޯދުމެވެ." 

އެހެން ބުނެފައި ހުރިހާ މުވައްޒިފުންނަށް ނިޞްބަތްކޮށް ބުންޏެވެ. "އަހުރެންނަކީ ކުންފުނީގެ މުވައްޒިފެއްވެސް ނޫނެވެ. ކުންފުންޏަކީ އަހުރެންގެ އަމިއްލަ ކުންފުންޏެކެވެ. މާދަމާއިން ފެށިގެން ކުންފުނި ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ފިރިމީހާއެވެ! ހުރިހާ މުވައްޒިފުންވެސް އިޚްލާޞްތެރިކަމާއިއެކު ފިރިމީހާއަށް އެއްބާރުލުން ދޭށެވެ!" ވެރިމީހާގެ ވާހަކަ އަޑުއިވުމުން ކުރިން އެފުރުޞަތު ލިބި ބޭނުން ނުކުރެވުނު މުވައްޒިފުންނަށް ތިބެންޖެހުނީ އިސްދަށަށް ޖަހާލައިގެންނެވެ. 

މިއީ އަޅުގަނޑު ބަލާފައިވާ ވީޑިއޯއެއްގައި ކަންކަން ހިނގައިދިއަ ގޮތެވެ. ކިތަންމެ ކުޑަ ނަމަވެސް ނުކުޅެދުންތެރިކަމެއް ހުރިނަމަ ކައިވެނިކުރަން ފަސްޖެހޭ އެންމެންނަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް