އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުޞަތު، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. 

ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ މަތީ ސާނަވީ އިމްތިހާނު ނުވަތަ އޭ ލެވެލް އިމްތިހާނުން ދިވެއްސާއި އިސްލާމު މާއްދާ ހިމެނޭހެން 5 މާއްދާއިން "އޭ ސްޓަރ" ހޯދާފައިވުމާއެކު އޯ ލެވެލް އިމްތިހާން ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވުމުންނެވެ.

މީގެ އިތުރުން، ހައި އެޗީވާސް ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ މަތީ ސާނަވީ އިމްތިހާނު ނުވަތަ އޭ ލެވެލް އިމްތިހާނުން ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭހެން 5 މާއްދާއިން "އޭ" ހޯދާފައިވުމާއެކު އޯ ލެވެލް އިމްތިހާން ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވުމުންނެވެ.

މި ޝަރުތުތައް ހަމަވާ ދަރިވަރުންނަށް މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވެބްސައިޓު (www.mohe.gov.mv) މެދުވެރިކޮށް ސްކޮލަރޝިޕަށް އެދި ހުށައެޅޭނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން މަތީ ސާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އިންތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭކަމަށް ތަޢުލީމީ ވުޒާރާއިން ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުންނަށް މި ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މި ފުރުޞަތުތައް ހުޅުވާލާފައިވަނީ މިއަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު