އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑަބްލިޔުއެސްސީގެ ސާފު ފައިދާ 2024 ވަނަ އަހަރު %92 އިތުރުވެއްޖެ

އެމްޑަބްލިޔުއެސްސީގެ ސާފު ފައިދާ 2024 ވަނަ އަހަރު %92 އިތުރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތްދެމުން އަންނަ މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް 2024 ވަނަ އަހަރު ލިބުނު ސާފު ފައިދާ، ކުރީ އަހަރާ އަޅާބަލާއިރު %92 އިތުރުވެފައިވާކަމަށް އާންމުކޮށްފައިވާ އެ ކުންފުނީގެ އޮޑިޓު ރިޕޯޓުތަކުން ދައްކައިފިއެވެ.

2024 ވަނަ އަހަރު އެމްޑަބްލިޔުއެސްސީގެ މާލީ ހިސާބުތަކާއި އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން، ކުންފުނީގެ މުޢާމަލާތްތައް ހުރީ ރަނގަޅަށްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މި މުޢާމަލާތްތައް ހުރީ އިންޓަނޭޝަނަލް ފައިނެންޝަލް ރިޕޯޓިން ސްޓާންޑަޑްސް (އައިއެފްއާރުއެސް)ގެ އެކައުންޓިން ހަމަތަކާ އެއްގޮތަށްކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިކަމުން ކުންފުނީގެ މާލީ ހިންގުން ހަރުދަނާކަން ރަމްޒުކޮށްދެއެވެ.

އޮޑިޓު ރިޕޯޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު، 2023 ވަނަ އަހަރު އެމްޑަބްލިޔުއެސްސީއަށް ސާފު ފައިދާގެ ގޮތުގައި 113,501,276 (ސަތޭކަ ތޭރަ މިލިއަން ފަސް ސަތޭކަ އެއްހާސް ދުއިސައްތަ ހަތްދިހަ ހަ) ރުފިޔާ ލިބުނުއިރު، 2024 ވަނަ އަހަރު އެ އަދަދު ވަނީ 217,481,635 (ދުއިސައްތަ ސަތާރަ މިލިއަން ހަތަރު ސަތޭކަ އަށްޑިހަ އެއްހާސް ހަސަތޭކަ ތިރީސް ފަސް) ރުފިޔާއަށް އިތުރުވެފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު ސާފު ފައިދާ %92 އިތުރުވުމެކެވެ.

މީގެ އިތުރުން، ކުންފުނީގެ ޖުމުލަ އާމްދަނީގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރު ޖުމުލަ އާމްދަނީ 1.54 ބިލިއަން ރުފިޔާގައި ހުރިއިރު، 2024 ވަނަ އަހަރު އެ އަދަދު 1.57 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ކުންފުނީގެ ޖުމުލަ މުދަލުގެ އަދަދު 3.6 ބިލިއަން ރުފިޔާއަށް އަރާކަމަށްވެސް އެމްޑަބްލިޔުއެސްސީގެ މާލީ ހިސާބުތަކުން ދައްކައެވެ.

މި ކުރިއެރުމަކީ އެމްޑަބްލިޔުއެސްސީގެ މާލީ ހާލަތު ވަރަށް ރަނގަޅުކަން ދައްކުވައިދޭ ކަމެކެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު