އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާފުކުރަން ފަސޭހައީ އަންހެނުންނަށްތަ؟ ފިރިހެނުންނަށްތަ؟

މާފުކުރަން ފަސޭހައީ އަންހެނުންނަށްތަ؟ ފިރިހެނުންނަށްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

މާފުކުރަން ފަސޭހައީ އަންހެނުންނަށްތޯ ނުވަތަ ފިރިހެނުންނަށްތޯ މިއީ ކުރެވެމުންދާ ބަހުސެކެވެ. މިކަމަށް ޖަވާބެއް ހޯދަން ބައަކު ކުރި މަސައްކަތްތަކަކަށްފަހު ބުނެފައިވަނީ މިފަދައިންނެވެ.  

1-   މާފުކުރަން އުނދަގޫވަނީ ފިރިހެނުންނަށެވެ. ނަމަވެސް މައްސަލައިގެ މަތިން ހަނދާން ނައްތާލަން ފަސޭހަވަނީ ފިރިހެނުންނަށެވެ. 2- މާފުކުރަން ފަސޭހައީ އަންހެނުންނަށެވެ. އެކަމަކު މައްސަލައިގެ މަތިން ހަނދާން ނައްތައިލަން އުނދަގޫވަނީ އަންހެނުންނަށެވެ.

މީގެމާނައަކީ މިކަމުގައި ހުރިހާ ފިރިހެނުންނާއި އަންހެނުން އެއްގޮތްވާނެ ކަމަށް ޤަބޫލުކުރުމެއް ނޫނެވެ. ތަފާތު އަންހެނުންނާއި ފިރިހެނުންވެސް ތިބޭނެއެވެ. މިއީ ދިރާސާގެ ބައިވެރިންގެ ތެރެއިން ގިނަ ބައެއްގެ ކަންކަން ހުންނަ ގޮތަށް ބަލައި ބުނެފައިވާ ވާހަކައެވެ.  

އަހުރެންގެ ކްލައިންޓުންގެ ކްނަކަމަށް ބެލުމުން މިދިރާސާއަކީ ތެދު އެއްޗެއް ކަމަށް ބުނާކަށް ޖެހިލުމެއް ނުވަމެވެ.  

ބުނެލަން ބޭނުންވަނީ އަނހެނުންގެ ހިތުގައި ނުޖައްސުވާށެވެ! އެކަމަށް މާފުކުރިޔަސް އެކަނބަލުންގެ ހަނދާނުން އެކަން ފިލުވައިލުމަކީ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. ހަމަ މިގޮތަށް ކަންކަން ކުރިމަތިވާނެ ފިރިހެނުންވެސް ތިބޭނެއެވެ. ވީމާ އެންމެ މުހިންމު ކަމަކީ ކައިވެނިކުރުމަށްފަހު އަނެކާގެ ހިތުގައި ނުޖައްސުވައި އެކުގައި އުޅެން މަސައްކަތްކުރުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް