އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު
ބިރުވެރި ހުވަފެން ފެންނަ ސަބަބުތައް ހުރެއެވެ. އެއިގެ ތެރޭގައި ޞިއްޙީ ސަބަބުތައްވެސް ހުރެދާނެއެވެ. އެއިގެ ތެރޭގައި ބަނޑު ހަރުވެ ބޮޑުކަމުނުދެވުން ހިމެނޭ ކަމަށްވެސް ބެލެވެއެވެ. ނަމަވެސް ޢާންމު ގޮތެއްގައި ބިރުވެރި ހުވަފެން ފެންނާނީ ޝައިޠޯނާގެ ސަބަބުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ފެންނާނީ އުފާވެރި ހުވަފެންތަކެވެ.
ބިރުވެރި ހުވަފެން ފެނުން، ސިއްސައިގެންގޮސް ހޭލެވުން، ނިދަން އުނދަގޫވުން ފަދަ ކަންކަން މެދުވެރިވާނަމަ ވުޟޫކޮށްގެން ނިދާށެވެ.
ނިދުމުގެ ކުރިން ވުޟޫކުރުމަކީ ސުންނަތެކެވެ. އަދި ވުޟޫކޮށްގެން ނިދާނަމަ އެމީހަކު ނިދީން ހޭލަންދެން އެމީހަކަށްޓަކައި ފާފަފުއްސަވައިދެއްވެވުން އެދި ހެޔޮދުޢާ ކުރައްވަވާނެ މަލާއިކަތަކު ލައްވަވަތެވެ.
Abu Huraira reported: The Messenger of Allah, peace and blessings be upon him, said,
“Whoever retired for the night in a state of purity, an angel will reside with him in his bed. He will not awaken for an hour in the night but that the angel says: O Allah, forgive this servant of yours, for he retired in a state of purity.”
Source: al-Da’wāt al-Kabīr 358
Grade: Hasan (fair) according to Al-Albani
ނިދުމުގެ ކުރިން ވުޟޫކކޮށްގެން ނިދަންއޮއްވައި ނިދީގައި ވައިބޭރުވުން ފަދަ ކަމެއް މެދުވެރިވިނަމަވެސް ކަންބޮޑުނުވާށެވެ. ތިބާ ނިދީ ވުޟޫކޮށްގެންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
ވުޟޫކޮށްގެން ނިދިނަމަވެސް ވައި ބޭރުވެ ވޫޟޫ ގެއްލޭނެކަން ވިސްނައިދީ ހިތަށް ޝައްކުތައް ވައްދުވަނީ ޝައިޠޯނާއެވެ. އެކަންކުރަނީ ތިބާ ސުންނަތަށް ޢަމަލުކޮށް ޠޮހާރަތުގެމަތީގައި ނިދާތީ ޝައިޠޯނާ ކަންބޮޑުވާވަރުންނެވެ. މާޔޫސްވެގެންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
6 ޖުލައި 2025