އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު
ސްޓްރެސް ނުވަތަ ހާސްވެ ކަންބޮޑުވުމުގެ ވާހަކަ ދެކެވޭއިރަށް ގިނަބައެއްގެ އިސްތަށިތަށް ކޮޅަސް ޖެހިގެންދެއެވެ. އިޙްޞާޞް ކުރެވެނީ އެކަން އަބަދު ތިމާއާއިއެކުގައިވާނެ ކަމަށާއި އެކަމުން އަރައި ނުގަނެވޭނެ ކަމަށެވެ.
މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކަށްބަލާއިރު ކޮންމެވެސް މިނަވަރަކަށް "ސްޓްރެސް"ގެ މައްސަލަ ނެތް މީހަކު ވަރަށް މަދެވެ. އަދި ބޮޑުވަރުވެގެންދަނީ ކަމެއް ދިމާވުމުން އެއީ ތިމާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންތައް ކަމަށް ޤަބޫލުކުރެވި އަބަދު އެކަމަށް ވިސްނާ މީހުންނަށެވެ.
ކަންކަން ކުރިމަތިވުމުން ވިސްނޭނެއެވެ. ކަންބޮޑުވެސް ވެވޭނެއެވެ. ނަމަވެސް އެއީ ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަމަށް ނުބަލާށެވެ! އެކަމުން ދާދިއަވަހަށް އަރައިގަނެވޭނެ ކަމަށް ޤަބޫލުކުރާށެވެ! އަދި ކުރިމަތިވި ކަންތައް ނިމިގެންދާނީ ތިމާއަށް އެންމެ ފައިދާކުރާނެ ގޮތަށްކަން ޔަޤީންކޮށްގެން ހުންނާށެވެ!
ބައިވެރިޔާ ތިމާ ދޫކޮށްލައި ވަކިވެއްޖެނަމަ ދެން ލިބޭ ބައިވެރިޔާ މާރަނގަޅުވާނެކަމަށް ޔަޤީންކުރާ ފަދައިން ވަޒީފާ ގެއްލިއްޖެނަމަ އެއަށްވުރެ މާރަނގަޅު މަސައްކަތެއް ލިބޭކަމުގެ ޔަޤީންކަމުގައި ހުންނާށެވެ! އަތްމަތި ދަތިވެއްޖެނަމަ މާތަނަވަސް ދުވަސްތަކެއް ފެންނާނެ ކަމުގެ ޔަޤީންކަމުގައި ހުންނާށެވެ! އަދި މިނޫން ކަމެއް ކުރިމަތިވިނަމަވެސް ހަމަ މިއުޞޫލުން ވިސްނާށެވެ!
ދިރިއުޅުން އުފާވެރިވެ ރަނގަޅު ގޮތްތައް ކާމިޔާބުކުރެވޭނީ މިކަންކަން މިގޮތަށް ޤަބޫލުކޮށް ދިރިއުޅެން މަސައްކަތްކުރާ މީހުންނަށެވެ. އަދި ކާމިޔާބު ދިރިއުޅުމަކަށް އެދިގެން ހަރުދަނާ ގޮތުގައި އުޅޭ މީހުންނަށެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
Advertisement
6 ޖުލައި 2025