އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލް ގުޅިގެން ކ.ހުރާގައި "ސީޕީއާރު-އޭއީޑީ" ކޯހެއް ފަށައިފި

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލް ގުޅިގެން ކ.ހުރާގައި "ސީޕީއާރު-އޭއީޑީ" ކޯހެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލް ގުޅިގެން ކ.ހުރާގައި "ސީޕީއާރު-އޭއީޑީ" ކޯހެއް ފަށައިފިއެވެ.

ކ.ހުރާ ކައުންސިލާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ޖުލައި 6އިން 9އަށް ކުރިއަށްގެންދާ މި ކޯހުގައި އެ ރަށުގެ 22 މީހުން ވަނީ ބައިވެރިވެއެވެ.

މި ކޯހުގައި ކާޑިއޯވަސްކިއުލަރ ނިޒާމާއި، ނޭވާލާ ނިޒާމުގެ އިތުރުން، ސީޕީއާރު ދޭނެ ގޮތާއި، ހޭނެތިފަައިވާ މީހަކަށް ފަރުވާދޭނެ ގޮތާއި، ޒަޚަމްވެ ލޭއައުން ފަދަ ކަންކަން މެނޭޖްކުރުމާއި، ފިހުމުން ފަރުވާދޭންވީ ގޮތާއި، އެއާ ގުޅުންހުރި ފަސްޓް އެއިޑް މެނޭޖްމަންޓް ފަދަ ބައިތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މެޑިކަލް އިމަރޖެންސީތައް ކަމުގައިވާ ހާޓް އެޓޭކާއި، އެސްމައާއި، ސްޓްރޯކްގެ އިތުރުން، ކެޝުއަލްޓީ ކެރީސްއާއި، ހީޓް ސްޓްރޯކާއި، ހީޓް އެގްޒޯސްޝަން އަދި ހީޓް ކްރޭމްޕްސްގެ ބައިތައް ވެސް މި ކޯހުގައި ކިޔަވައިދޭނެއެވެ.

މި ކޯހުގައި ކިޔަވައިދޭނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ މެޑިކުންނެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު