އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

1200 އަށްވުރެ ގިނަ ޒުވާނުން ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލައިފި

1200 އަށްވުރެ ގިނަ ޒުވާނުން ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާނުންތަކެއް ބިނާކުރުމަށް ސަރުކާރުން ފެއްޓެވި މޯލްޑިވްސް ނޭޝަނަލް ސަރވިސް (ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް) އަށް ހުޅުވާލި ފުރުސަތުގައި 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިކަމުން ދިވެހި ޒުވާނުންގެ ޤައުމީ ރޫޙު އާލާކުރުމަށް އެބޭފުޅުންގެ ހިތްތަކުގައި ހުރި ޝައުޤުވެރިކަން ވަރަށް ބޮޑަށް ފެނިގެންދެއެވެ.

ދިފާޢީ ވުޒާރާއިން މިއަދު ވިދާޅުވި ގޮތުގައި، ޖިސްމާނީ އަދި ސިއްޙީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށްވެސް މި ތަމްރީން ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. އަދި މިހާރު ކުރިމަތިލާފައިވާ ކުދިންގެ ތަރުތީބުން ތަމްރީނުން ޖާގަ ލިބިފައިވާ ގޮތާގުޅޭގޮތުން، އަދި ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާއި ފުރަތަމަ ބުރުގެ ރިޒާވްގައި ހިމެނޭ ފަރާތްތަކަށްވެސް އެ މަޢުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް އެވުޒާރާއިން މައުލޫމާތު ދެއްވިއެވެ.

މި ޕްރޮގްރާމަށް މީހުން ނެގުމުގެ މަރުޙަލާ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ކެނޑިޑޭޓަކުވެސް ސެލެކްޝަން ޕްރޮސެސް ކުރިއަށްގެންދިޔުމަށް ހާޒިރުވާންޖެހޭނީ އެންމެ ކައިރީގައި ހުރި ސްޓޭޝަނަކަށްކަމަށް ދިފާޢީ ވުޒާރާއިން އިތުރަށް ވިދާޅުވެއެވެ. މި އިންތިޒާމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ފަސޭހަކަމާއެކު މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޤައުމީ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ ޤައުމީ ރޫޙާއި ޒިންމާދާރުކަން ދަސްކޮށްދީ، ދިވެހި ޒުވާނުން މުސްތަޤުބަލަށް ތައްޔާރުކުރުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު