އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 35 ސިކުންތު
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން ޝާމް އާދަމް އައްޔަންކުރައްވައިފިއެވެ. މިކަން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މި މަޤާމަށް ޝާމް އައްޔަންކުރައްވާފައިވަނީ، މި މަޤާމުގައި ކުރިން ހުންނެވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝިމާދު ފެނަކައިގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ހުސައިން ޝާމް އާދަމްއަކީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
Advertisement
8 ޖުލައި 2025