އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވެން ފާށާނީ އަންނަ އަހަރު: ރައީސް ޞާލިޙް

ރައްޔިތުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވެން ފާށާނީ އަންނަ އަހަރު: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ރައްޔިތުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވެން ފާށާނީ އަންނަ އަހަރު ކަމަށާއި އެއްވެސް ރަށެއް ބާކީ ނުކުރައްވައި ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

 

"ސަރުކާރުގެ ކުރިމަތީގަ ހުރިހާ ރައްޔިތުންނަކީ ހަމަހަމަބައެއް."

 

ރައީސް ޞާލިޙް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ކަންކަން ހިމަނަން ލިބުނީ ވަރަށް ކުރު މުއްދަތަކަށް ވުމުން ބަޖެޓުގައި ކަންކަން ހިމެނިފައިވަނީ ސަރުކާރުން އެކަން ކުރަން އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓު ވެގެންދާނީ މިސަރުކާރުގެ އަމާޒަށް ތައްޔާރުކުރާ ފުރަތަމަ ބަޖެޓަށް ކަމަށެވެ. އެހެން ކަމާއިއެކުވެސް ފެރިދޫއަށް ބޭނުންވާ ބައެއް ކަންކަން އަންނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނުއްވާފައިވާނެ ކަމަށެވެ.

 

ރައީސް ޞާލިޙް ވިދާޅުވީ ފެރިދޫއަކީވެސް މިހާރުވެސް 5 ގެސްޓް ހައުސް ހުރި ރަށެއް ކަމަށާއި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވިފައި ނުވާއިރު ކުނިކޮށްޓެއްވެސް ނެތް ކަމަށެވެ. އެހެންކަމުން އެކަންކަން ޙައްލުކޮށްދެއްވާނެ ކަމަށެވެ.

 

ރައީސް ޞާލިޙް ވަނީ ރަށްތައް ސާފުތާހިރުކޮށް ބެލެހެއްތުމުގައި ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރުމަށާއި ހުރިހާ ރައްޔިތުންނަކީވެސް ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ބައަކަށް ވުމަށްވެސް އެދިވަޑައިގެންފައެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް