އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުލަތުގެ މާލީ ހާލަތު އާ ސަރުކާރުން އާންމު ކުރަން ފަށައިިފި

ދައުލަތުގެ މާލީ ހާލަތު އާ ސަރުކާރުން އާންމު ކުރަން ފަށައިިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 9 ސިކުންތު

ފުރަތަމަ ފަހަރަށް ދައުލަތުގެ މާލީ ހާލަތު އަންގައިދޭ ރިޕޯޓް އާންމުކުރަން އައު ސަރުކާރުން އިއްޔެ ފަށައިފި އެވެ.

 

ފިނޭންސް މިނިސްޓްރީން އާންމުކުރި މާލީ ރިޕޯޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި 10 ޑިސެމްބަރާއި ހަމައަށް މި އަހަރުގެ އާމްދަނީގެ ގޮތުގައި ސަރުކާރަށް 19.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

 

އެއީ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ގާތްގަނޑަށް ދެ ބިލިއަން ރުފިޔާވަރު މަދު އަދަދެކެވެ.

 

ދައުލަތުން މި އަހަރުގެ މިހާތަނަށް ކުރި ހޭދަ އުޅެނީ 23.1 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން ޑިފޮސިޓް ތިން ބިލިއަން ރުފިޔާއަށް އަރަ އެވެ.

 

ދައުލަތަށް ޓެކްސްގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14.4 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގައި ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ 16.3 ބިލިއަން ރުފިޔާ އެވެ.

 

ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 733.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ހިމެނިއިރު، އަހަރުގެ މިހާތަނަށް ލިބުނީ 307.7 މިލިއަން ރުފިޔާ އެވެ.

 

މީގެއިތުރުން ސަރުކާރުން ނަގާފައިވާ ލޯނުތަކަށް މިހާތަނަށް 1.5 ބިލިއަން ރުފިޔާ ދައްކާފައިވާއިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 1.2 ބިލިއަން ރުފިޔާ ވަނީ ޓްރާންސްފާކޮށްފަ އެވެ.

 

ކޮންމެ ހަފްތާއަކު ދައުލަތުގެ މާލީ ހާލަތު ބަޔާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ