އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަށްރަށުގައި ކުދި މަސް ޕްލާންޓްތައް ހަދަނީ

ރަށްރަށުގައި ކުދި މަސް ޕްލާންޓްތައް ހަދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

 

ރަށްރަށުގައި މަސް ރައްކާކުރުމަށްޓަކައި ކުދި މަސްޕްލާންޓްތައް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި ފިޝަރީޒް މިނިސްޓްރީން ގެންދަނީ އެކަމަށް މަޝްވަރާ ކުރަމުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

 

މަސްވެރިންގެ ދުވަސް ފާހަގަކުރަން މިރޭ ގއ. ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އައިސް ނުލިބުމުގެ ޝަކުވާ ބޮޑުވެފައިވާތީ ހައްލު ކުރަން ޕްލާންޓްތައް ބޮޑުކޮށް ގިނަ އައިސް އުފެއްދޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށާއި އެގޮތުން ގެމަނަފުށީގައި ހުރި ޕްލާންޓް 25 ޓަނުން 50 ޓަނަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި ރަށްރަށުގައި ހުރި އައިސް ޕްލާންޓްތަކަކީ ރަށްރަށުގެ ކައުންސިލުތަކުގެ ހިއްސާ އާއިއެކު ހިންގާ ތަންތަނަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ލުއި ފަސޭހަ ގޮތެއްގައި ލޯނު ލިބޭނެ ގޮތް ހެދުމަށްޓަކައި އެކަމަށް ޚާއްޞަކޮށްގެން ހުޅުވާ ބޭންކު ވެސް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ހުޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިކަމުގެ މަސައްކަތްތަކަށް ކުރިމަތިލުމަށް ޒުވާނުންނަށް ހިތްވަރު ދެއްވައިފައެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް