އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ދެ އިދާރާއަކަށް އިސްވެރިން ހަމަޖައްސައިފި!

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ދެ އިދާރާއަކަށް އިސްވެރިން ހަމަޖައްސައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ލިޔުނީ: ޒިދާން މުހައްމަދު

ހެލްތު މިނިސްޓްރީ ގެ ދަށުން ހިންގާ ދެ އިދާރާ އަކަށް އިސްވެރިން މިއަދު ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އިސްވެރިއަކަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިސްވެރިއަކަށް ހެލްތުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރު ހަމަޖައްސަވާފައިވާ ކަމަށެވެ.

މިއަދު ހެލްތު މިނިސްޓްރީގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭފުޅުންނަށް ވަނީ މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. އެ ގޮތުން އެ ބޭފުޅުންނަށް ފަތްކޮޅު އެރުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

މީގެ އިތުރުން، މި ދެބޭފުޅުން އައްޔަނުކުރެވުނު އިދާރާތަކުގެ މަސްއޫލިއްޔަތުތަކައް ބަލާއިރު، އެމްއެފްޑީއޭގެ މަސްއޫލިއްޔަތުގެ ތެރޭގައި، ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަނަށް ހުއްދަ ދިނުމާއި އެ ތަންތަން މޮނީޓާ ކުރުން ހިމެނެ އެވެ. އަދި އެޗްޕީއޭގެ މަސްއޫލިއްޔަތަކީ ރާއްޖޭގައި ފެތުރޭ އެކިއެކި ބަލިތައް ކޮންޓްރޯލްކުރުމާއި ބަލިތަކާ ގުޅޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދީ އާއްމުން ހޭލުންތެރި ކުރުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް