އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި

ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ އާއި ވިމެން އޮން ބޯޑްސް (ވޮބް) ގުޅިގެން ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ 15 ޖެނުއަރީ އިން 17 ޖެނުއަރީ 2019ގެ ނިޔަލަށެވެ.

މި ޕްރޮގްރާމްއަކީ ލިސްޓުކޮށްފައިވާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި ޕްރައިވެޓް ކުންފުނިތަކުގެ ބޯޑުގެ ޑައިރެކްޓަރުންނާއި ސީނިއަރ އެގްޒެކެޓިވް މަޤާމުތައް ފުރުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ. އަދި ޑައިރެކްޓަރުކަން ނުވަތަ ކުންފުންޏެއްގެ ސީނިއަރ އެގްޒެކެޓިވް މަޤާމެއް ފުރުމުގެ ޝައުގުވެރިކަން ހުރި ކޮންމެ ފަރާތަކަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ.

މިޕްރޮގްރާމްގެ އަމާޒަކީ ކޯޕަރޭޓް ގަވަރނަންސް އުސޫލުތަކަށް އަހުލުވެރިކުރުވުމާއި، ކޯޕަރޭޓް ގަވަރނަންސް އުސޫލުތަކާ އެއްގޮތަށް ކުންފުނީގެ ހިންގުން ބައްޓަންކުރުމުގައި ބޯޑުގެ ޒިންމާއާ މަސްއޫލިއްޔަތުތަކާގުޅޭ ގޮތުން މައުލޫމާތު ދިނުމެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި ފޯރުކޮށްދެވޭނެ އެހެނިހެން އަސާސީ މައުލޫމާތުގެ ތެރޭގައި، ކުންފުންޏާބެހޭ ޤާނޫނާއި ޓެކްސްގެ ނިޒާމާއި އެންޓި-ކޮރަޕްޝަނާއި އޮޑިޓިންގގެ މައުލޫމާތު ހިމެނެއެވެ. މިޕްރޮގްރާމްގައި މައުލޫމާތު ދެއްވާނީ ރާއްޖޭގެ ތަޖުރިބާކާރު ފަރާތްތަކެކެވެ. މިޕްރޮގްރާމްގައި ޖުމުލަ 27 ފަރާތަކުން ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް