އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒުވާނުންގެ ސިޓީގައި، ޒުވާނުންގެ ''ހަރަކާތްތައް'' ގިނަވެއްޖެ!

ޒުވާނުންގެ ސިޓީގައި، ޒުވާނުންގެ ''ހަރަކާތްތައް'' ގިނަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ލިޔުނީ: ޒިދާން މުހައްމަދު 

ހުޅުމާލެ އަކީ ޒުވާނުންގެ ސިޓީއެއްކަމަށާއި، ޒުވާނުންނަށް ބޭނުންވާހުރިހާ ކަމެއް ޔޫތު ސިޓީން ކުރެވޭނެ ކަމަށް ކުރީގެ ރައީސަކު ވިދާޅުވި ހިސާބުން ފެށިގެން، "ޔޫތު ސިޓީ" ނުވަތަ "ޒުވާނުންގެ ސިޓީ" ގެ ގޮތުގައި ހުޅުމާލެ ލޭބަލް ވެގެން ދިޔައެވެ.

މިހާރަކަށް އައިސް ޚަބަރުތަކުންނާއި މީސްމީހުންގެ ފަރާތުން އިވޭ އަޑުތަކުން ހުޅުމާލެއަކީ ޒުވާނުންގެ ސިޓީއެއްކަން ހަމަ ރަނގަޅަށް ވެސް ހާމަވެއެވެ. މާރާމާރީތަކާއި ލޭ އޮހޮރުވުން ހުޅުމާލޭގައި ގިނަވައްޖެއެވެ. ޓީވީ ހުޅުވައިލި ނަމަވެސް، ރޭޑިއޯ ހުޅުވާލި ނަމަވެސް އަދި ކިއެއްތަ މީސްމީޑިއާ ބަލާލި ނަމަވެސް މި ފެންނަނީ، އަޑު އިވެނީ އެއްކަލަ ޒުވާނުންގެ ސިޓީގައި މީހެއްގެ ގައަށް ވަޅި ހަރާ ޒަހަމްކޮށްލި ކަމަށް ބުނާ ޚަބަރެވެ. ހުޅުމާލޭގެ މިވެނި ތަނެއްގައި މާރާމާރީއެއް ހިންގައި ފައިސާތަކެއް ފޭރިގަން ކަމަށް ޚަބަރެވެ. ހަމައެކަނި މި ހަފްތާގައި ވެސް ހުޅުމާޅޭގައި 3 މާރާމާރީ ހިނގައިފިއެވެ. މިވަރު ތަންކޮޅެއް ބޮޑެވެ. 

މީގެ އިތުރުން، ދިވެހި އެތައް ޒުވާނުންނެއް އޭގެ ޝިކާރައަކަށް ވެފައިވާ މަސްތުވާތަކެތީގެ ވަބާ ހުޅުމާލޭގައި ވެސް ބޮޑުކޮށް އެބައޮތެވެ. ޕާޓީ ޑްރަގު ބޭނުންކޮށްގެން މިދިޔަ އަހަރު އަދި މި އަހަރުގެ މިހާތަނަށް ވެސް ހުޅުމާލޭގައި މީހުން މަރުވެފައިވާކަން ޚަބަރުތަކުން އެނގެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުޅުމާލޭން ހައްޔަރުކުރާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ ސަބަބުން ގެއްލުން ލިބެމުންދަނީ އަކީ ހަމައެކަނި އެކަމުގެބޭނުން ކުރާފަރާތްތަކަށް އެކަންޏެއް ނޫނެވެ. 

ދީނީގޮތުން ބޮޑުފާފައެއްކޮށް، ހެއްދެވިފަރާތަށް ނުކިޔަމަންތެރިވުމުގެ އިތުރުން، މިކަމުގެ ގެއްލުންތައް، އެމީހުން އުޅޭ މުޖްތަމަޢުތަކަށް ކުރެއެވެ. އޭގެ އަސަރު މިހާރު ހުޅުމާލޭން ފެންނާނެއެވެ. ވައްކަން ކުރުމާއި މީހުންގެ ތަކެއްޗަށް ގެއްލުންދިނުން މިއީ ޒުވާނުންގެ ސިޓީގައި އާއްމު ކަންކަމެވެ. އެކަން ހުޅުމާލޭގައި އުޅޭ ބައެއް މީހުންނާ ވާހަކަ ދައްކާލައިގެން ވެސް އަޅުގަނޑަށް އެނގިގެން ދިޔައެވެ. 

ކުޑަކުދިން ގެއްލޭ މައްސަލަތާކައި، ރޭޕުކުރުމުގެ މައްސަތައް މިއީ މިދިޔަ އަހަރު އަދި މިއަހަރުގެ މިހާތަނަށް ވެސް ހުޅުމާލޭން ފެންމަތިވެފައިވާ މައްސަލަތަކެވެ. މި ހުރިހާ ކަމެއްގެ އަޑީގައި ތިބިކަމަށް މައުލޫމާތު ލިބެނީ ފުރާވަރަގެ ކުދިންނެވެ. ޒުވާނުންނެވެ. ކުރާނީ ކީއްހެއްޔެވެ؟ އިހުމާލު ވަނީ ކޮންބައެއް ހެއްޔެވެ؟ ހައްލު ކުރެވޭނީ ކިހިނެތް ހެއްޔެވެ؟ މިހުރީ ހައްތާހާވެސް ސުވާލެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް