އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލެ ބީޗުން ހުކުރު ވަޤުތުވެސް ކޮފީ ލިބޭ!

ހުޅުމާލެ ބީޗުން ހުކުރު ވަޤުތުވެސް ކޮފީ ލިބޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ލިޔުނީ: ޒިދާން މުހައްމަދު 

ނަމާދު ވަގުތުތަކުގައި ވިޔަފާރި ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އެކަން އެކަން އެންމެންނަށް ވެސް އެނގެއެވެ. ހުކުރު ވަގުތު ކަމުން، ރައްޓެއްސަކާއެކު ސައިކަލުގައި ދިޔައީ މިސްކިތައް ދިޔުމަށެވެ. އޭރު އިމާމު މީހާ މިންބަރަށް އަރުމަށްފަހު، މިސްކިތުން ބަންގި ގޮވާ އަޑު އިވެއެވެ. 

އަޅުގަނޑުމެން ދުއްވަމުން ދިޔައީ ހުޅުމާލޭ ބީޗު މަގުން ކަމުން އެ ސަރަހައްދުގައި ވަމުންދިޔަ ކަންކަން ހަމަ ލޮލަށް ވަނީ ފެނިފައެވެ. ހައިރާންވެފައި ބަލަން އިނދެވުނީ ކޮފީތަށިތައް ހިފައިގެން މޭޒުތަކައްދާ ވެއިޓަރުން ފެނިފައެވެ. ހުކުރު ވަގުތެވެ. ނަމަވެސް ހުޅުމާލޭގެ ބައެއް ބީޗު ހޮޓާތަކުން ކޮފީ ބަރާބަރަށް ލިބެއެވެ. އެ ހޮޓާތައް ހުކުރު ވަގުތައް ބަންދު ނުކުރަނީ ބާއޭ ހިތައް އެރިއެވެ. 

މި ދެންނެވި ބީޗު ހޮޓާތަކުގެ ކޮފީ މޭޒުތަކުގައި ތިބީ ބިދޭސީންނެއް ނޫނެވެ. އެއީ ދިވެހިންނެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. ނަމާދު ވަގުތު ވެސް ކޮފީއެވެ. ސުވާލަކީ ހުކުރަށް ވުރެ ކޮފީ މުހިއްމު ތޯއެވެ؟ ކޮފީ ބޮއެގެން އޭގެން ރާހަތައް ކުރާނީ މި ދުނިޔެ މަތީގައި އެކަންޏެވެ. ފަހު ދުވަހު އޭގެން މަންފާއެއް ނުވަތަ ރާހަތެއް ކުރާނެ ހެއްޔެވެ؟ ނުކުރާނެއެވެ. 

ހުކުރު ވަގުތު ހުޅުމާލޭ ބީޗު ހޮޓެލްތަކުން ހިދުމަތް ލިބޭ އިރު، ރީތި މިސާލެއް ދަންނަވާލާނަމެވެ. ބަންޑޮސް އައިލެންޑު ރިސޯޓުގައި ރިސެޕްޝަން ހިދުމަތްތައް ފިޔަވައި، އެހެން ހިދުމަތްތައް ހުކުރު ވަގުތައް ހުއްޓާލައެވެ. ފިހާރަތަކާއި ހޮޓާ އަދި ރެސްޓައުރެންޓް ފަދަ ތަންތަނުގެ ހިދުމަތް ހުކުރު ވަގުތު ބަނޑޮހުގައި ނުލިބެއެވެ. އަދި އެ ހިދުމަތްތައް ހުޅުވިގެން ދަނީ 1300 ގައި އެވެ. 

ރިސޯޓު ފަދަ ގެސްޓުންނަށް ހިދުމަތްދިނުމަށް ހާއްސަ ތަނެއްގައި ހުކުރު ވަގުތައް ހިދުމަތްތައް ހުއްޓާލާއިރު، ހުޅުމާލޭގައި އެގޮތައް އަކަން ނުވާންވީ ކީއްވެ ހެއްޔެވެ؟ ކަމާ ބެހޭ ފަރާތްތަކުން ހަނު ނުތިބެ މިކަން ހައްލު ކުރުމަށް ގޮވާލަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް