އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ ވެރިކަމެއްކުރާއިރު، ރައްޔިތު މީހާއާ އެންމެ ރައްޓެހި، އަދި އެންމެ ގާތުން ޚިދުމަތްދޭ ތަނަކަށް ވާންޖެހޭނީ ފަނޑިޔާރުގެ: ރައީސް ޞާލިޙް

ރައްޔިތުންގެ ވެރިކަމެއްކުރާއިރު، ރައްޔިތު މީހާއާ އެންމެ ރައްޓެހި، އަދި އެންމެ ގާތުން ޚިދުމަތްދޭ ތަނަކަށް ވާންޖެހޭނީ ފަނޑިޔާރުގެ: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ރައްޔިތުންގެ ވެރިކަމެއްކުރާއިރު، ރައްޔިތު މީހާއާ އެންމެ ރައްޓެހި، އަދި އެންމެ ގާތުން ޚިދުމަތްދޭ ތަނަކަށް ވާންޖެހޭނީ ފަނޑިޔާރުގެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

"ޤަޟާއީ އަހަރު 2019" އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެ ތަންތަނުގެ (ފަނޑިޔާރުގެތަކުގެ) އިންތިޒާމުތައް ހަމަޖައްސާފައި ހުންނާންވާނީ، ކޮންމެ މީހަކަށްވެސް ފަސޭހައިން މައްސަލަ ހުށަހެޅޭނެ ގޮތަށް ކަމަށާއި ސަބަބަކީ ރައްޔިތު މީހާ ފަނޑިޔާރުގޭގެ ދޮރުގައި ޓަކިދޭނީ، އޭނާގެ ޙައްޤެއް ހޯދުމަށް ކަމަށްވާތީ ކަމަށެވެ. އަދި ބާރުތައް ވަކިވެ، މިނިވަން ފަނޑިޔާރުގެއެއް ހުރުމުގެ އަސާސަކީ، ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތައް ޙިމާޔަތްކޮށްދޭނެ ކަމުގެ ޖާމިނުވުމެއް ކަމަށާއި އެކަން ބިނާވެފައި އޮންނަނީ، ފަނޑިޔާރުންގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ނަޒާހަތްތެރިކަމުގެ މައްޗަށް ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކޮންމެ އިންސާނެއްގެ ޙަޔާތުގައިވެސް، އޭނާގެ ނަޒާހަތްތެރިކަމާއި ތެދުވެރިކަން އިމްތިޙާނުކުރެވޭ، ވަގުތެއް ނުވަތަ ޙާލަތެއް އަންނާނެ ކަމަށާއި އެ ޙާލަތުގައި ފަސާދައަށް ނޫނެކޭ ބުނެ، ނަޒާހަތްތެރިކަން އިސްކޮށްފި މީހަކަށް ނޫނީ، ނުފޫޒުން އެއްކިބާވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "ޢާންމު ރައްޔިތުން މިއަދުވެސް ކުރަމުންދާ އެންމެ ބޮޑު އުއްމީދަކީ، ރާއްޖޭގެ ފަނޑިޔާރުން ނުފޫޒުތަކުން އެއްކިބާވެ ތިބެ، ޢަދުލު އިންޞާފު ޤާއިމުކޮށްދޭނެ ކަމުގެ ޔަޤީންކަން ލިބުން. ރައްޔިތުންގެ އެ އުންމީދުތައް ޙާޞިލުކޮށްދިނުމަށްޓަކައި، ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރިކަން، މިވެއަތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ."

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އޭގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ، ފަނޑިޔާރުގޭގެ ޤާނޫނީ އޮނިގަނޑު އިޞްލާޙު ކުރުން ކަމަށާއި ދެވަނަކަމަކީ، އެންމެހައި ނުފޫޒުތަކުން ސަލާމަތްވެގެން ތިބެ، އިންޞާފުގެ މަގަށް ޝަރީޢަތް ކުރެވޭނެ މާޙައުލެއް، ފަނޑިޔާރުންނަށް ޤާއިމުކޮށްދިނުން ކަމަށެވެ. "މިއީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަންތައްތައް." ކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް