އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބީއެމްއެލް ޗެރިޓީ ރަންގެ ފައިސާ ތެލެސީމިއާ ކުދިންނަށް ހަދިޔާ ކޮށްފި

ބީއެމްއެލް ޗެރިޓީ ރަންގެ ފައިސާ ތެލެސީމިއާ ކުދިންނަށް ހަދިޔާ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދިޔަ "ބީއެލްއެލް ސްޓާފް ޗެރިޓީ ރަން" ގައި އެއްކުރި 80،000 ރުފިޔާ، މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އަށް ހަދިޔާ ކޮށްފި އެވެ.

 

މުޖުތަމަ އަށް ފައިދާހުރި ހަރަކާތްތައް ހިންގާ، ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބީއެމްއެލް އިން ކޮންމެ އަހަރަކު ވެސް ބާއްވާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ގެ ފައިސާ ތެލެސީމިއާ ސޮސައިޓީ އަށް ހަދިޔާ ކޮށްފައިވަނީ މިއަދު އެވެ.

 

"އަހަރެންގެ ބޭންކް" ކެމްޕޭން ހަރަކާތެއްގެ ގޮތުގައި މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ މި ދުވުމުގައި ބީއެމްއެލްގެ 200 އަށް ވުރެ ގިނަ މުވައްޒަފުންނާއި މުވައްޒަފުންގެ ދަރިންގެ އިތުރުން ތެލެސީމިއާ ސޮސައިޓީގެ ފަރާތުން ވެސް ބައިވެރިވެފައިވެ އެވެ.

 

މިއަދު ހެނދުނު 7:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށި ހަތަރު ކިލޯމީޓަރުގެ މިދުވުން ނިންމާލާފައިވަނީ ވެސް ސެންޓްރަލް ޕާކަށެވެ.

 

ސެންޓްރަލް ޕާކުގައި ބޭއްވި މިހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވަނީ ތެލެސީމިއާ ސޮސައިޓީއަށް ރަމްޒީ ޗެކް ހަވާލުކޮށްދެއްވާފަ އެވެ. މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާ އިން ކުރިޔަށް ގެންދާ ޕްރޮގްރާމްތައް ރާވައި ހިންގުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ