އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯޓުގަނެގެން މަޖިލީހަށް ވަދެއްޖެނަމަ އުޅެން ޖެހޭނީ ކުރި ޚަރަދު ހޯދަން! ރައްޔިތުންނަށް ޚިދުމަތެއް ނުކުރެވޭނެ!: ސަރަނގު އާދަމް މަނިކު

ވޯޓުގަނެގެން މަޖިލީހަށް ވަދެއްޖެނަމަ އުޅެން ޖެހޭނީ ކުރި ޚަރަދު ހޯދަން! ރައްޔިތުންނަށް ޚިދުމަތެއް ނުކުރެވޭނެ!: ސަރަނގު އާދަމް މަނިކު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ވޯޓުގަނެގެން މަޖިލީހަށް ވަދެއްޖެނަމަ އުޅެން ޖެހޭނީ ވޯޓު ގަންނަން ކުރި ޚަރަދު ހޯދަން ކަމަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ކަމާއިއެކު ޚިދުމަތެއް ނުކުރެވޭނެކަމަށް މައްޗަންގޮޅި އުތުރު ދާއިރާއަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުން ކުރިމަތިލައްވާފައިވާ ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ. 

މއ. ކާމިނީގޭގައި އާދަމް މަނިކުގެ ކެންޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އާދަމް މަނިކު ވިދާޅުވީ ވޯޓު ގަންނަ މީހުން ގޮނޑި ހޯދަނީ 5 އަހަރު ދުވަހު މަޖިލީހުގެ މެންބަރުކަން ކޮށްގެން މުސާރަ އާއި އެލަވަންސަށް ލިބޭނެ ވަރަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްގެން ކަމަށެވެ. އެހެންކަމުން މަޖިލީހަށް އިންތިޚާބުވުމަށްފަހު އަވަސް އަރުވާލައިގެން އުޅެން ޖެހޭނީ އިންތިޚާބަށް ކުރި ޚަރަދު ހޯދަން ކަމަށްވުމުން ދާއިރާ އާއި ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އިންތިޚާބަށް ކުރާ ޚަރަދު ހޯދަން އިކްލާޞްތެރިކަންވެސް ދޫކޮށްލަން ޖެހޭ ކަމަށެވެ. 

"އެހެންވީމާ އަޅުގަނޑު ވޯޓު ގަނެގެން މަޖިލީހަކަށް ނުވަންނާނަން. ނަމަވެސް މަޖިލީހަށް ހޮވައިފިނަމަ އެތަނުގައި އަޑުގަދަކޮށްގެންވެސް ރައްޔިތުންނަށް ހުރި ދަތިތައްއ ހައްލުކުރަން މަސައްކަތް ކުރާނަން. ހައްލުކުރުވާނަން. އެކަން ކުރަން އަޅުގަނޑު މި ކުރިމަތިލީ."

އާދަމް މަނިކު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ޙާލަތަށް ބަލާއިރު ރައްޔިތުން ނިދަނީ މަތިމައްޗަށް ބަންކް ބެޑް ޖައްސައިގެން ކަމަށާއި އެހާލުގައި ރައްޔިތުން ދިރިއުޅޭއިރު ވެރިމީހާ ބޮޑިކޮޓަރީގައި އެއާކޮންޑިޝަންކޮށްގެން އިނުމަކީ އެއްވެސް ގޮތަކުން ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިހައިތަނަށް ފްލެޓް ލިބެމުންދާ އުޞޫލަށް ބަލާއިރު ވެރި މީހާގެ ވަށައިގެން މީހާއަށާއި އޭނާގެ ހުރިހާ އަނބިދަރިންނަށް ވެސް ފްލެޓް ލިބޭ ކަމަށާއި ނިކަމެތިއަށް ހުންނަން ޖެހެނީ ފްލެޓެއް ނުލިބި ނިކަމެތިކަންމަތީގައި ކަމަށެވެ. 

އާދަމް މަނިކު ވިދާޅުވީ މާލެއަށް ބޭނުންވާ ކަންކަން ރާއްޖެތެރެއާއި ތަފާތު ނަމަވެސް މާލެއަސްވެސް ވަރަށް ގިނަ ކަންތައްތަކެއް ބޭނުންވެފައިވާ ކަމަށެވެ. އަދި އެންމެ ބޮޑުވެފައިވާ މައްސަލަތަކުގެ ތެރޭގައި މމާލެ ތޮއްޖެހުމާއި ބޯހިޔާވަހިކަން ނުލިބުމާއި ޤަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސލަތައް ފަދަ އެތައް ކަމެއް ފާހަގަކުރެއްވޭ ކަމަށާއި އެކަންކަން އިބްލާޙް ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. 

އާދަމް މަނިކަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފަހިކޮށްދޭން އެމްޑީޕީގެ ސަރުކާރުން ފެށި ވެށިފަހި މަޝްރޫއުގެ އިސް މޭސްތިރި އަދި މާލޭގައި ހުރި ކުދިކުދި ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ގޯތި ދިނުމުގެ މަޝްރޫއުވެސް ތަންފީޒްކުރެއްވި ބޭފުޅެއްކަން ފާހަގަކުރެވެއެވެ. 

އާދަމް މަނިކު ވިދާޅުވީ އަވަށުގެ ހުރިހާ ގެތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރައްވަން ކުރިންވެސް ކުރެއްވެވި މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. '"ލޯނުތަކުގެ އިންޓަރެސްޓް ކުޑަކުރުން ފަދަ ފްލެޓާ ގެދޮރު އެޅުމުގެ ކަންކަން ކުރުމުގެ އަގު މާހެޔޮ ކުރެވޭނެ ގޮތްތައް މިހާރުވެސް ފެންނަން އެބަހުރި." ކަމަށްވެސް ޢާދަމް މަނިކު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް