އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭ މީހުންނަށް ގެދޮރު ހޯދައިދިނުމަށް ހިންގާ މަޝްރޫއު ނިމޭއިރު ގެދޮރު ނެތް މީހަކު ނުހުންނާނެ: ރައީސް

މާލޭ މީހުންނަށް ގެދޮރު ހޯދައިދިނުމަށް ހިންގާ މަޝްރޫއު ނިމޭއިރު ގެދޮރު ނެތް މީހަކު ނުހުންނާނެ: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

މާލޭ ރައްޔިތުންގެ ތެރެއިން ގެދޮރު ނެތް މީހުންނަށް ގެދޮރު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށާއި އެމަނިކުފާނު ވެރިކަން ނިމޭއިރު ގެދޮރު ނެތް މީހަކު ނުހުންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިކަން ހާމަ ކުރެއްވީ ރޭ އެމްޑީޕީއިން މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައެވެ. 

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގެދޮރު ނެތް މާލޭ މީހުންނަށް ގެދޮރު ހޯދައި ދިނުމުގެ ބޮޑު މަޝްރޫއެެއް ވަރަށް އަވަހަށް އިއްލާން ކުރައްވާނެކަމަށެވެ. އެހެންނަމަވެސް މީގެ ތަފްސީލެއް ރައީސް ނުދެއްވައެވެ. ރައީސް ވިދާލުވީ މި މަޝްރޫއު ނިމޭއިރު މާލޭގައި ގެދޮރު ބޭނުންވާ މީހަކު ނުހުންނާނެކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މާލެއަކީ މީހުން ދިރިއުޅެން ކަމުނުދާނެ ހުރިހާ ސިފައެއް ޖެހިފައިވާ ތަނެއް ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ޓްރެފިކްގެ މައްސަލަ ރައީސް ފާހަގަކުރެއްވިއެވެ. 

ރައީސް ނަޝިދުގެ ސަރުކާރުން ހިންގި ވެށިފައި ޕްރޮގްރާމް އަލުންފެށުމަށް މާދަމާރޭ ދަރުބާރުގޭގައި 

ހަފްލާއެއްބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިއަދު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު