އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިލުގެ މުއްދަތު ހަމަވުމުން ހަނދާންކޮށްދެނީ ޤަވާއިދުން ބިލް ނުދައްކާ 15000 އަށްވުރެ ގިނަ ކަސްޓަމަރުން ތިބުމުން!: އާދަމް ޢާޒިމް

ބިލުގެ މުއްދަތު ހަމަވުމުން ހަނދާންކޮށްދެނީ ޤަވާއިދުން ބިލް ނުދައްކާ 15000 އަށްވުރެ ގިނަ ކަސްޓަމަރުން ތިބުމުން!: އާދަމް ޢާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ފެން ބިލުގެ މުއްދަތު ހަމަވުމުން ކުންފުނީގެ މުވައްޒިފުން ގޭގެއަށް ގޮސްގެންވެސް ފެން ބިލް ދައްކަން ހަނދާންކޮށްދޭނެ ކަމަށާއި އެގޮތަށް އެކަން ކުރުމުގެ އިތުރުން މެސެޖުވެސް ފޮނުވާނެ ކަމަށް އެމްޑަބްލިޔޫއެސްސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޢާޒިމް މިއަދު ވިދާޅުވީ ހަނދާންކޮށްދޭން މީހަކު ފޮނުވަނީ 15000 އަށްވުރެ ގިނަ ކަސްޓަމަރުން ޤަވާއިދުން ބިލު ނުދައްކާތީ ކަމަށެވެ. "އެއް ބިލަށްވުރެ ގިނަ ބިލް ދައްކަންޖެހޭ 15000 އަށްވުރެ ގިނަ ކަސްޓަމަރުން މިހާރުވެސް އެބަތިބި."

ޢާދަމް ޢާޒިމް ވިދާޅުވީ ބިލް ލިބެންދެން މިހާރު މަޑުކުރަން ނުޖެހޭނެ ކަމަށާއި ކުންފުނީގެ އެޕް އެޅުމުން ބިލާއިބެހޭ ހުރިހާ މައުލޫމާތު ކޮންމެ ސްމާޓް ފޯނަކަށްވެސް ލިބޭނެ ކަމަށެވެ. "އަޅުގަނޑު ބޭނުމެއް ނޫން ހަމައެކަނި ނޯޓިސް އެއް ފޮނުވާފަ ފެނުގެ ޚިދުމަތް ކަނޑާލައި މީހުންނަށް ދަތިކުރާކަށް. މުވައްޒިފުން ފޮނުވުމަކީ ފަސޭހަ ކަމެއް ވެސް ނޫން. ނަމަވެސް ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހަނދާންކޮށްދޭން އެކަން ކުރަނީ."

އާދަމް ޢާޒިމް ވިދާޅުވީ އެމްޑަބްލިޔޫއެސްސީއަށްވެސް މާލީ ދަތިތައް އެބަހުރިކަމަށާއި އެހެންކަމާއިއެކުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހައި ރަނގަޅު ފެންވަރުގައި ޚިދުމަތް ދެއްވަން ކަމަށެވެ. އެހެންކަމުން ފެން ބިލު ޤަވާއިދުން ދެއްކުމުގައި ކަސްޓަމަރުނެގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ފަސޭހަކޮށްދިނުމުގެ ގޮތުން މިހާރު މީޓަރު ބޭނުންކުރާ ފަރާތްތަކުން ބޭނުންނަމަ އެމީހެއްގެ ނަމުގައި މީޓަރު ރަޖިސްޓްރީކޮށް ދެވޭނެ. އެއިރުން ބިލާއިބެހޭ ހުރިހާށ މައުލޫމާތެއް އެމީހަކަށް ލިބެމުންދާނެ. ކޮންމެހެން ގޭގެ ވެރި ފަރާތް ހޯދައިގެން މައުލޫމާތު އޮޅުންފިލުވަން މަސައްކަތް ކުރާކަށްވެސް މިހާރަކު ނުޖެހޭނެ." ކަމަށްވެސް އާދަމް ޢާޒިމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް