އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓްރެކް ސަރަހައްދުގަ ޢާނުމުންނަށް ދައްކައިގެން ބަދުއަޚްލާޤީ އަމަލު ހިންގީ ރާއްޖޭގެ އިސްލާމީވަންތަކަމަށް ގޮންޖަހާ ދުނިޔެއަށް ދައްކަން!

ޓްރެކް ސަރަހައްދުގަ ޢާނުމުންނަށް ދައްކައިގެން ބަދުއަޚްލާޤީ އަމަލު ހިންގީ ރާއްޖޭގެ އިސްލާމީވަންތަކަމަށް ގޮންޖަހާ ދުނިޔެއަށް ދައްކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ގިނަ ބައަކު މޫދަށް އެރިއުޅޭ ޓްރެކް ސަރަހައްދުގައި ހާމަކަންބޮޑު ގޮތެއްގައި އެންމެންނަށް ފެންނަ ގޮތަކަށް ދެމީހަކު ބަދުއަޚްލާޤީ އަމަލުތައް ހިންގި މައްސަލައިގައި ގިނަ ބައަކު ބުނަނީ އެމީހުން ޤަބޫލުކުރާ ގޮތުގައި އެއީ ވަރަށް ދުރާލާއި ރާވައިގެން ރާއްޖޭގެ އިސްލާމީ ވަންތަކަމަށް ގޮންޖަހަން ކުރި އަމަލެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ.

 

"އެމީހުން ދުނިޔެއަށް ދައްކައިދޭން ބޭނުންވީ ރާއްޖޭގައި އިސްލާމް ދީނަށް އެއްވެސް ޤަދަރެއް މިހާރު ނެތްކަން. ޤާނޫނުގައި ދިވެހިންނަކީ މުސިލމުންކަމަށް އޮތް ނަމަވެސް ރައްޔިތުން މިހާރު ވަނީ ބާޠިލުވެފައިކަން.

މިކަމުގެ ފަހަތުގައި މިފަދަ އަމަލުތައް ކުރަން ހިތްވަރުދެމުން ގެންދާ ބާރުގަދަ ފަރާތްތައް ތިބޭނެ ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭ. އަދި އެމީހުން ހޯދައި އަދަބު ނުދޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތީމަ ނޫނީ އެކަން އެގޮތަކަށް ނުކުރާނެ ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެނީ. މުރުތައްދުވެ ﷲ ތަޢާލާއަށް ފުރައްސާރަކުރާ މީހުންނަކަށްވެސް އެއްވެސް ފިޔަވަޅެއް ނުއަޅައެއް ނޫންތޯ؟" ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.

މިދިއަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓުލީ ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ފުރުޞަތު ނުދެއްވަވާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކަށެވެ. އެހެންކަމާއިއެކުވެސް ވެރިކަން ފެށުމާއިއެކު ސިޔާސީ ބޮޑުންގެ ކިބައިން އިވެމުންދާ އަޑުތަކުންނާއި ފެންނަމުންދާ ކަންކަމުގެ ސަބަބުން ގިނަ ބައަކު މިހާރު ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައިކަން ފާހަގަކުރެވެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓުލީ ގިނަ ބައަކު ބުނަމުން ގެންދަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު ވައުދަކީ އިސްލާމް ދީން ހިމާޔަތް ކުރުމުގެ ވައުދުކަމަށާއި އެންމެ ބޮޑަށް އެދޭ ކަމަކީ އިސްލާމީ ވަޙުދަތު ހިމާޔަތްކޮށްދެއްވުން ކަމަށެވެ.

އިސްލާމް ދީނާއި ދެކޮޅު އަމަލުތައް ކުރާ މީހުން ހޯދައި ފިޔަވަޅު އެޅުމުގެ ޤާބިލުކަން ދިވެހި ފުލުހުންގެ ކިބައި ނެތްކަމަކަށް ރައްޔިތުންގެ ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު މިހާރުވެސް ގެންދަވަނީ މިހާރުވެސް އިސްލާމް ދީނަށް އަމަލުކުރެއްވުމުގައި ނަމޫނާ ދައްކަވަމުންނެވެ. ހުކުރަށް ކުރިން ވަޑައިގަތުން ފަދަ ކަންކަން އެމަނިކުފާނުގެ ކިބައިން ދަނީ ފެންނަމުންނެވެ. މުޙައްމަދު ޒާހިރުގެ މައްޗަށް ރަސްމީ އިއްޒަތުގައި ބޭއްވި ޖަނާޒާގެ ކަށުނަމާދުގައި ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަންދޯކާއިއެކު ހިންގަވާފައި ވަޑައިގަތުން ފެނިގެން ދިއައީ ވަރަށް ޚާއްޞަ ކަމެއްގެ ގޮތުގައެވެ.

އެދުވަހު މާލޭގައި ގިނަ އަދަދެއްގެ ވަޒީރުން ތިއްބެވި ނަމަވެސް ރަސްމީ ޢިއްޒަތުގައި ބޭއްވި ޖަނާޒާގެ ކަށުނަމާދުގައި ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބިފައިވަނީ އިސްލާމިކް މިނިސްޓަރާއި އިތުރު އެންމެ ވަޒީރެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް