އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަފާރީ ޓުއާރސް އިން ރާއްޖޭގަ ރިޒޯޓްތައް ހިންގީ އަމިއްލައަށް ރަށްތަކެއް ހިއްކައިގެންތޯ؟: އަޙްމަދު ސައުދު

ސަފާރީ ޓުއާރސް އިން ރާއްޖޭގަ ރިޒޯޓްތައް ހިންގީ އަމިއްލައަށް ރަށްތަކެއް ހިއްކައިގެންތޯ؟: އަޙްމަދު ސައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ރާއްޖޭގައި ގިނަ އަދަދެއްގެ ރިޒޯޓޫތައް ހިންގި ސަފާރީ ޓުއާރސް އިން ރާއްޖޭގައި ރިޒޯޓްތައް ހިންގީ އަމިއްލައަށް ރަށްތްކެއް ހިއްކައިގެންތޯ؟ އަޙްމަދު ސައުދު ސުވާލު ކުރައްވައިފިއެވެ.

ސައުދު ވިދާޅުވީ ވ. އަތޮޅާއި އެހެންވެސް ސަރަހައްދުތަކުގެ ގިނަ ރަށްތަކެއް ރާއްޖޭގައި ހިންގި ސަފާރީ ޓުއާސް ކިޔާ ކުންފުންޏަކުން ތަރައްޤީކޮށް ރިޒޯޓުތަކެއް ހަދައިގެން ހިންގިކަން ހަނދާންހުރި މީހުން މިހާރުވެސް ވަރަށް ގިނަ ކަމަށެވެ. ދިއްގަރު އަލިމަތާ އެ ހިތި މިހިތި މިހެން ގޮސް އެތައް ރަށެއް ހިންގި ސަފާރީ ޓުއާރސް ކުންފުނި މިހާރު ފެންނަން ނެތް ނަމަވެސް އެކުންފުނީގެ ތެރެއިން ޗާންދަނީ މަގުގައި ކުރި އިމާރާތް މިހާރުވެސް ފެންނަން އެބަހުރި ކަމަށެވެ.

"ރައީސް މުޙައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތަކުން ސަފާރީ ޓުއާރސް ކުންފުންޏަށް ރިޒޯޓްތައް ނުހިންގިގެން ވިއްކާލަން ޖެހުމަކީ ވިލާ ގްރޫޕުގެ މައްސަލައެއް ކަމާއިމެދު މިހާރު މިވަނީ ސުވާލު އުފެދިފަ. ރައީސް ނަޝީދަށް އެގޮތަށް އެކަން ވިސްނިވަޑައިގަންނަވާނަމަ ސަބަބެއްވެސް ވިދާޅުވެދެއްވުން ރަނގަޅުވާނެ. ހަމަ ގައިމުވެސް ރައީސް ނަޝީދުގެ ހަށިކޮޅުގައި ސަފާރީ ޓުއާރސް އިން ހިންގި ރިޒޯޓުތަކުން ލިބުނު ނަފާ ހިމެނިފައިވާނެ" ކަމަށްވެސް އަޙްމަދު ސައުދު ވިދާޅުވިއެވެ.

އަޙްމަދު ސައުދު ވިދާޅުވީ އދ އަތޮޅާއި އއ އަތޮޅުން އެހެންމީހުންނަށް ފެންނަނީ ހަމައެކަނި ވިލާ ގްރޫޕުގެ ރަށްތަކާއި ފަޅުތައް ނޫން ކަމަށާއި ވިލާ ގްރޫޕުން ރާއްޖޭގައި ހިންގަނީ ޖުމުލަ 5 ރިޒޯޓް ކަމަށެވެ. "އެއީ މާލެ އަތޮޅުގައި 2 ރިޒޯޓާއި ބ. އަތޮލުގައި ރިޒޯޓަކާއި އދ އަތޮޅުގައި 2 ރިޒޯޓެވެ. އެހެން ކަމަށްވާއިރު އެއްވެސް އަތޮޅެއްގެ ހުރިހާ ރަށްތަކާއި ފަޅުތައް ވިލާ ގްރޫޕަށް އޮތްތަން އެއްވެސް މީހަކަށް ފެންނަނަމަ އެގޮތަށް ފެންނަ މީހަކަށް ފެންނަފެނުމުގައި އެހެން މީހުންނާއި ތަފާތު ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރެވެއެވެ."

ވިލާ ގްރޫޕުން 5 ރިޒޯޓް ހިންގާއިރު އެއިގެ ދެ ގުނަ، ތިން ގުނަ އިތުރަށް ރިޒޯޓްތައް ހިންގާ ކުންފުނިތައްވެސް ރާއްޖޭގައި އެބްހުރިކަން ވެސް އަޙްމަދު ސައުދު ވަނީ ފާހހަގަކުރައްވައިފައެވެ.

"ދިވެހިންގެ ބިން ދިވެހިންނަށް" ބޭއްވުމުގެ މާނައަކީ ރާއްޖޭގެ ބިމުގައި ދިވެހި ކުންފުނިތަކުން އިނެވެސްޓް ކުރުމެއް ނޫނެވެ. އެއީ ބޭރުގެ ފަރާތްތަކަށް މިލްކުވިއަ ނުދިނުމެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް އެނގޭނެ މިންވަރު ކަމަށް ބެލެވެއެވެ. މިވަރު ނުއެނގުމަކީ ހަސަދަ ލުމުގައި ވެސް ތަންފުކެއް ބޮޑުވަރުކަމަށް އަޙްމަދު ސައުދު ވަނީ ފާހަގަކުރައްވައިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް