އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވި މައްސަލައިގައި ޒިންމާވާ ކުންފުނި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި!

އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވި މައްސަލައިގައި ޒިންމާވާ ކުންފުނި ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ބިދޭސީއަކު މަރުވި މައްސަލައާ ގުޅިގެން، އެ އިމާރާތް ހަދަމުން ދިޔަ ކޮންސްޓްރަކްޝަން ކުންފުނި 500،000ރ. (ފަސް ލައްކަ ރުފިޔާ) އިން ޖޫރިމަނާކޮށްފި އެވެ.

 

ބިދޭސީ މީހާ މަރުވި ހާދިސާއާއި ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ޖޫރިމަނާކޮށްފައި ވަނީ ހުޅުމާލޭގެ ލޮޓް 10799 ގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އައި އައިއެންއެންއެފް ކޮންސްޓްރަކްޝަނެވެ.

 

އެފައިސާ ދައްކަން މާލޭ ސިޓީ ކައުންސިލުން އެކުންފުންޏަށް ދީފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ. މި މައްސަލާގައި އެ ކުންފުންޏަށް އެހެން ފިޔަވަޅުތައް އަޅާނީ ކަމާ ބެހޭ ފަރާތުން ކަމަށް މައުލޫމާތު ލިބެއެވެ.

 

މިހާދިސާގައި މަރުވެފައިވަނީ އުމުރުން 44 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. ހުޅުމާލޭ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނިން ބުނެފައިވާ ގޮތުގައި އެމީހާ އެހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ