އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޓަރނޭޝަނަލް ހައި ސްކޫލުން "އިންޑަސްޓްރިއަލް ލިންކްސް 2019" ފަށައިފި

އިންޓަރނޭޝަނަލް ހައި ސްކޫލުން "އިންޑަސްޓްރިއަލް ލިންކްސް 2019" ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

އިންޓަރނޭޝަނަލް ހައި ސްކޫލުން "އިންޑަސްޓްރިއަލް ލިންކްސް 2019"ގެ ނަމުގައި ވަޒީފާ ދޭ ފަރާތްތަކާއި ދަރިވަރުން ގުޅުވައިދިނުމަށް ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ. މިކަމަށްޓަކައި އެސްކޫލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ސްކޫލުގެ ޕްރިންސިޕަލް ސަޢީދު އަޙްމަދު ވިދާޅުވީ މި ފަދަ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ ސްކޫލްތަކުން މަތީ ތައުލީމް ޙާޞިލުކޮށްގެން ނުކުންނަ ދަރިވަރުންގެ އަދަދު ގިނަވަމުން ދިއަ ނަމަވެސް އަދި ފާސްވާ ފެންވަރު މަތިވަމުން ދިއަ ނަމަވެސް ވަޒީފާއަށް ކުރިމަތިލާއިރު ސިނާއަތްތަކުން ބޭނުންވާ ޤާބިލުކަން ދަރިވަރުންގެ ކިބައި ނުހުންނަ މައްސަލައަށް ޙައްލެއް ހޯދުން ކަމަށެވެ.

ސައީދު އަޙްމަދު ވިދާޅުވީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ބޭނުންވަނީ އެ ސްކޫލް ނިންމައި ނުކުންނަ ދަރިވަރުންނަކީ ވަޒީފާއަކަށް ކުރިމަތިލާއިރު ފަސޭހަކަމާއިއެކު ވަޒީފާ އަދާކުރެވޭ ފެންވަރަށް ތަމްރީނު ލިބިފައި ތިބޭ ކުދިންކަމަށް ސްކޫލުން ބޭނުންވާ ކަމަށެވެ. ހަމަ އެއާއިއެކު ސްކޫލް ނިންމައި މަތީ ތައުލީމަށް ފަށައިގަންނައިރު ތަކްލީފްތަކާއި ނުލައި ފަށައިގަނެވޭ ފެންވަރަށް ކުދިން ކުރިއަށް ގެންދަންވެސް ސްކޫލުން ބޭނުންވާ ކަމަށެވެ.

ސައީދު އަޙްމަދު ވިދާޅުވީ މިއަދު ފެށި ޕްރޮގްރާމް ކުރިއަސް ގެންދާނީ އެ ސްކޫލުން ކިޔަވާ ކޮންމެ ދަރިވަރަކަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވެ ތަމްރީނު ލިބޭނެ ގޮތަށް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ބައެއް ވިޔަފާރިތައްވެސް ބައިވެރިވެގެން ކަމަށާއި މި ޕްރޮގްރާމް މީގެ ކުރިންވެސް ސްކޫލުގައި ހިންގާފައިވާނެ ކަމަށް ވެސް ސަޢީދު އަޙްމަދު ވިދާޅުވިއެވެ.

ސަޢީދު އަހްމަދު ވިދާޅުވީ އައިޖީއެމްއެޗް އާއިއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސްކޫލުގައި ސައިންސްގެ މާއްދާތައް ކިޔަވާ ދަރިވަރުންނަށް އައިޖީއެމްއެޗްގެ ގުޅުންހުރި ޑިޕާޓްމަންޓްތަކުގައި ޕްރޮފެޝަނަލް ބޭފުޅުންނާއިއެކު މަސައްކަތްކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތުވެސް މިއަހރު ލިބެން ފަށާނެ ކަމަށެވެ. "މިޕްރޮގްރާމްގައި ބައިވެރިވަން މިހާރުވެސް 200 ވަރަކަށް ދަރިވަރުން ނަން ނޯޓުކޮށްފި. މިކަމުން އެނގެނީ މިފަދަ ޕްރޮގްރާމަކަށް ދަރިވަރުން ބޭނުންވެގެން ތިބި މިންވަރު. އިންޖިނިއަރިންގ އަދި ބިޒްނަސްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށްވެސް މިފަދަ ފުރުޞަތުތައް ވަރަށް ބޮޑަށް ބޭނުންވޭ."

މިއަދު ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ސްޓޯލްތައް ކުރިއަށް ގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް