އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޅުދުއްފުށީ ކުޅީގެ ދިރާސާ ތަޖުރިބާކާރުން މިނިސްޓަރާއި ހިއްސާ ކޮށްފި

ކުޅުދުއްފުށީ ކުޅީގެ ދިރާސާ ތަޖުރިބާކާރުން މިނިސްޓަރާއި ހިއްސާ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ހދ. ކުޅުދުއްފުށީ މަށި ކުޅީގެ ބާކީ އޮތް ބަޔަށް ދިރުން ގެނެސް، އެތަން ހިމާޔަތް ކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ބޭރުގެ ތަޖުރިބާކާރުން ކުރި ދިރާސާތަކެއް، އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ހަސަން އާއި ހިއްސާ ކޮށްފިއެވެ. 

މިދިޔަ ހަފްތާ ބަންދުގައި ކުޅުދުއްފުއްޓަށްމިމަސައްކތުގައި ޒިޔާރަތް ކޮށްފައިވަނީ "މެންގްރޫވް އެކްޝަނަން ޕްރޮޖެކްޓް" ހަތަރު ތަޖުރިބާކާރެކެވެ. އެޓީމާއެކު "ސޭވް މޯލްޑިވްސް" ގެ ޓިމަކާއި މިނިސްޓްރީ އަދި އީޕީއޭ ގެ ބޭފުޅުން ވެސް އެރަށަށް ގޮސްފައިވެއެވެ. 

އިއްޔެ ބޭއްވުނު މިބައްދަލުވުމާއި ބެހޭގޮތުން އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވަނީ، ކުޅުދުއްފުށީ ކުޅިން ހެދި ދިރާސާތަކުގެ މައުލޫމާތު އެޓީމުން މިނިސްޓަރާއި ހިއްސާ ކުރި ކަމަށާއި ކުޅީގެ ބާކީ އޮތް ބައިގެ ދިރުންތައް އިތުރަށް އާލާކުރުމަށް ކުރެވިދާނެ ކަންކަން ވެސް ހުށަހެޅި ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ