އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވީއައިއެޗްއެސްއިން ބޭނުންވަނީ މުދައްރިސުން ދޭ ލިޔުން ކިޔުއްވައިގެން ދަރިވަރުން ލައްވައި ވާހަކަ ދައްކުވާކަށް ނޫން: ޕްރިންސިޕަލް

ވީއައިއެޗްއެސްއިން ބޭނުންވަނީ މުދައްރިސުން ދޭ ލިޔުން ކިޔުއްވައިގެން ދަރިވަރުން ލައްވައި ވާހަކަ ދައްކުވާކަށް ނޫން: ޕްރިންސިޕަލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އިން ބޭނުންވަނީ މުބާރާތްތަކުގައި ވާދަކުރާއިރު މުދައްރިސުން ދޭ ލިޔުން ކިޔުއްވައިގެން ދަރިވަރުން ލައްވައި ވާހަކަ ދައްކުވަން  ނޫން ކަމަށާއި ދަރިވަރުންނަށް ތަމްރީނުދީ ޤާބިލުކަން އުފައްދުވައިގެން ވާހަކަ ދައްކުވަން ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ސަޢީދު އަޙްމްދު ވިދާޅުވެއްޖެއެވެ.  

މާދަރީ ބަހުގެ ދުވަސް ފާހަގަކުރަން މިއަދު އެ ސްކޫލުގައި ބޭއްވި ޙަރަކާތްތައް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ސަޢީދު އަހްމަދު ވިދާޅުވީ ކޮންމެ ފަހަރަކުވެސް މުބާރާތަށް ކުދިން ތައްޔާރު ކުރުވަނީ ހުނަރު ދަސްކޮށްދެވޭ، އެކަމަށް ޝައުޤުވެރިވާ ޕޫލެއްގެ ތެރެއިން ހޮވައިލެވޭ ދަރިވަރުން ކަމަށެވެ. އަދި ޅެން މުބާރާތަށް ކުދިން ހޮވަނީ ވެސް ގިނަ އަދަދަދެއްގެ ދަރިވަރުންނަށް ޅެން ހަދަން ދަސްކޮށްދިނުމަށްފަހު އެކުދިންގެ ތެރެއިން ކަމަށެވެ.  

ސަޢީދު އަޙްމްދު ވިދާޅުވީ "ބުނާނީ، ލިޔާނީ ދިވެހި ބަހުން!" ކަމަސް ވުމަކުން ނުފުދޭ ކަމަށާއި  ލިޔާނީ ދިވެހިއަކުރުން ކަމަށް އިތުރުކުރަން ބޭނުންފުޅުވާ ކަމަށެވެ. "ދިވެހި އަކުރަކީ ނުވަތަ ތާނަ އަކުރަކީ ދިވަހިންނަށް ލިބިފައިވާ ފަޚުރެއް. ދުނިޔޭގަ ވަރަށް ގިނަ ބަސްތައް ލިޔާނެ އަމިއްލަ އަކުރެއް ނެތި."  

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެސްކޫލުގައި ވަނީ ހުރިހާ މާއްދާތަކެއްވެސް ދިވެހިބަހުން ކިޔަވައިދީފައެވެ. މީގެތެރޭގައި އިނގިރޭސިބަހުން ކިޔަވައިދޭ މާއްދާތައްވެސް ހިމެނެއެވެ.  

އެ ސްކޫލުގައި ދިވެހި ބަސް ކުރިއަރުވަން މުދައްރިސުން އަމިއްލައަށް އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކޮށްދޭކަން ފާހަގަ ކުރައްވައި ސަޢީދު އަޙްމަދު ވަނީ އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް