އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުކުރެވޭނެ ގޮތް ހަމަޖެހިފައި ނެތް އޮފީސްތަކާ ކުންފުނިތަކުގަ ނަމާދުކުރެވޭނެ ގޮތް ހަދައިދެނީ

ނަމާދުކުރެވޭނެ ގޮތް ހަމަޖެހިފައި ނެތް އޮފީސްތަކާ ކުންފުނިތަކުގަ ނަމާދުކުރެވޭނެ ގޮތް ހަދައިދެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ތެރެއިން މުވައްޒިފުންނަށް ފަސޭހަކަމާއިއެކު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތް ތަންތަން ބަލައި، އެތަންތަނުގައި ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމް މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ރަމަޟާން މަސް ފެށެން ދާދި ގާތްވެފައިވާއިރު މިއީ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ވަޒީފާ އަދާކުރާ އަނހެނުންނަށް މިއީ ކޮންމެހެން ފަހިކޮށްދޭން ޖެހޭ ކަމެކެވެ.

މިމަސައްކަތުގެ އެދެވޭ ނަތީޖާއެއް ފެންނާނީ އޮފިސްތަކުގެ ވެރިން ނަމާދުކުރާ ވަރު ބެލިގެންކަން ފާހަގަކުރެވެއެވެ. އޮފީސްތަކުގެ ވެރިންގެ ގޮތުގައި ގިނަ އަދަދެއްގެ އަންހެނުން މިހާރުވެސް އެބަ ތިއްބެވެ. އެމީހުންނަކީ އަދި ވެރިންގެ ގޮތުގައި ތިބި ފިރިހެނުންނަކީވެސް ނަމާދުކުރަން ޝައުޤުވެރިވާ ބައެއް ނަމަ މިފަދަ އިންތިޒާމުތައް އޮފީސްތކުގައި ހަމަނުޖެހި ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

ސަބަބަކީ ބަންގި ގޮވުމުން ވެރިމީހާ ނުކުމެގެން މިސްކިތަށް ދިއަ ނަމަވެސް އޭނާގެ އަމުރުވެރިކަމުގެ ދަށުން މަސައްކަތްކުރަން ތިބި މިސްކިތަށް ނުދެވޭ މީހުންނަށް (އަންހެނުންނަށް) އޮފީހުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަކީ އެމީހަކު ކުރަންޖެހޭނެ ކަމަކަށްވާތީއެވެ. އަދި ނަމާދުކުރަން ޝައުޤުވެރިކަން ހުރި ނަމަ އޮފީހުގައި ނަމާދުކުރެވޭނެ އިންތިޒާމު ކޮންމެވެސް ގޮތަކުން އެމީހަކު ހަމަޖައްސާނެތީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް