އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސްކިތެއް އުޅުމުގަ އެމީހަކު ބައިވެރިވި މިންވަރަކުން އެމީހަކަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށް ދެއްވަވާނެ: ޑރ. އަހްމަދު ޒާހިރު ޢަލީ

މިސްކިތެއް އުޅުމުގަ އެމީހަކު ބައިވެރިވި މިންވަރަކުން އެމީހަކަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށް ދެއްވަވާނެ: ޑރ. އަހްމަދު ޒާހިރު ޢަލީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ބޮޑު އެއްޗެއް ހޭދަ ނުކުރެވޭނަމަ ކުޑަ އެއްޗެއް ހޭދަކުރަން ލަދުގަނެ ފަސްޖެހޭ މީހުން އުޅެއެވެ. ނަމަވެސް މިއީ ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ. ޙަދީޘްފުޅުގައި އޮތީ ﷲ ތަޢާލާގެ މަގުގައި ކަދުރުއޮށެއްގެ މިންވަރު ހޭދަކޮށްގެން ވެސް ނަރަކައިން މިންޖުވުމަށް މަސައްކަތް ކުރުމަށެވެ. ކޮންމެ މީހަކީ އަމިއްލައަށް މިސްކިތެއް އަޅައިދެވޭނެ މީހަކަށް ނުވެދާނެއެވެ.

އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. ޙަދީޘްފުޅުން އެނގެން އޮތީ މިސްކިތެއް އުޅުމުގައި އެމީހަކު ބައިވެރިވި މިންވަރަކުން އެމީހަކަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށް ދެއްވަވާނެކަމެވެ. އެންމެ މީހަކަށް ނަމާދުކޮށްލެވޭ ވަރުގެ ޖާގައެއް އަޅައިދީފިނަމަ އެމީހަކަށްޓަކައި އެވަރުގެ ގަނޑުވަރެއް ސުވަރުގޭގައި އަޅުއްވައި ދެއްވަވާނެކަމެވެ. އަދި އެއަށްވުރެ ކުޑަމިންވަރަކުން ހޭދަކުރި ނަމަވެސް އެކަމުގެ ނިޢްމަތް ވެސް އެމީހަކަށް ލިބިގެންދާނެއެވެ.

 

ޑރ. އަޙްމަދު ޒާހިރު ޢަލީ މިމޭރުމުން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މިއަދު ހެނދުނުން ފެށިގެން ހަވީރު 5.30 އާއި ހަމައަށް އިސްލާމިކް މިނިސްޓްރީގައި ކުރިއަށް ގެންދާ "ދަރުމަ ކަމާކެމި" ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އިސްލާމިކް މިނިސްޓްރީން ހިންގާ މި ޙަރަކާތަކީ މިސްކިތްތައް އަޅަން ބޭނުންވާ މީހުންނަށް މައުލޫމާތުދީ ފުރުޞަތު ފަހިކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން މިހާރު މިސްކިތްތަކަށް ބޭނުންވެފައިވާ ރަށްތަކާއި މަރާމާތު ކުރަން ޖެހިފައިވާ މިސްކިތްތައްވެސް އެނގިގެންދާނެއެވެ. އަދި ޒަކާތަށް ލިބޭ ފައިސާ އާއި އެ ފައިސާ ހޭދަކުރެވޭ ގޮތުގެ މައުލޫމާތުވެސް ގެންދަނީ ފޯރުކޮށްދެމުންނެވެ.

މިކަންކަމަށް އެހީތެރިވުމުގެ ގޮތުން ފައިސާ ހަދިޔާ ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ފަންޑުފޮށިތައް ވެސް ވަނީ ބަހައްޓައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް