އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. އަފްރާޝީމާއި ޔާމީންގެ މަރު، އަދި ރިޟްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބި މީހުން ހޯދިއްޖެ: ސުއޫދް

ޑރ. އަފްރާޝީމާއި ޔާމީންގެ މަރު، އަދި ރިޟްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބި މީހުން ހޯދިއްޖެ: ސުއޫދް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ އާއި މިނިވަން ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވައިލުމުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށް، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފައްދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ރޭގައި ވިދާޅުވެއްޖެ އެވެ.

"ރާއްޖެ ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ، އެ ތިން މައްސަލައިގެ މޯޓިވް ވެސް ރިޔާސީ ކޮމިޝަނަށް މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެއީ މިހާތަނަށް ފުލުހުންނަށްވެސް ހޯދިފައިނުވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތުން އެ މަރުތަކުގެ މޯޓިވްއާއި އެ މަރުތަކުގެ ފަހަތުގައި ތިބި މީހުން ވަނީ ހޯދިފައި. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ކޮމިޝަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެއީ. މި މަރުތަކުގެ ފަހަތުގައި ތިބި މީހުން އެ މީހުނާ ހަމައަށް ވާސިލް ނުވެވި އޮތީ ކީއްވެތޯ އެއީ އަދި އެހެން ސުވާލެއް" ސުއޫދު ވިދާޅުވިއެވެ.

އެމަރު ތަކުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވުނު ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަން ސުއޫދު ފާހަގަކުރެއްވިއެވެ.

ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ވެސް ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ