އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމޫނާ ދެއްކެވުމުން ގިނަ ބައެއްގެ ތައުރީފް ޑރ. ޢަބްދުﷲ ނިޔާފަށް!

ނަމޫނާ ދެއްކެވުމުން ގިނަ ބައެއްގެ ތައުރީފް ޑރ. ޢަބްދުﷲ ނިޔާފަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ކަވާ ޖެހުމާއި ގުޅޭގޮތުން ޑރ. ޢަބްދުﷲ ނިޔާފަށް ވިދާޅުވެވުނު ބަސްފުޅަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެވުނު ބަހުސްތައް ނިމުމަކަށް ގެންނެވުމުގައި ޑރ. ނިޔާފަ ދެއްކެވި ނަމޫނާ އާއި ގުޅިގެން ގިނަ ބައަކު ދަނީ ޑރ. ނިޔާފަށް ވަރަށް ބޮޑަށް ތަޢްރީފް ކުރަމުންނެވެ. 

ޑރ. ނިޔާފް ވިދާޅުވީ ބަސްފުޅެއް ވިދާޅުވީ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވުމުގެ ގޮތުން ޑޮކްޓަރެއްގެ ހައިޞިއްޔަތުން ކަމަށެވެ. އެކަމާއި ގުޅިގެން ދީނުގައި އެކަން އޮތް ގޮތް ގިނަ ބައަކު ހާމަކުރުމުން އިތުރު ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިވަޑައިގެންފި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ހުރި ޙަދީޘްފުޅުތައް ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ކަވާ ޖެހުމާއި ބެހޭ ގޮތުން ހުރި ގިނަ ހަދީޘްފުޅުތަކެއް ޑރ. ނިޔާފް ވަނީ ޓްވީޓްވެސް ކުރައްވައިފައެވެ. 

ޑރ. ނިޔާފް ވިދާޅުވީ މިފެށޭ ރަމަޟާން މަހު ޢުމުރާއަށް ވަޑައިގަންނަވަންވެސް ނިންމަވާފައިވާ ކަމަމަށެވެ. އެހެންކަމުން މި އަނދިރިކަމުން" ސަލާމަތްވެވަޑައިގަންނަވަން ބޭނުންފުޅުކަން ވަނީ ހާމަކުރައްވައިފައެވެ. އަދި މިކަމުގައި ދީނުގައި އޮތް ގޮތް ބުނެދިން އެންމެންނަށް ޑރ. ނިޔާފް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. 

މިއީ ފަހުގެ ތާރީޚުގައި ޑރ. ނިޔާފް ފެންވަރުގެ އެހެން ބޭފުޅެއްގެ ކިބައިން ފެނިފައިވާ ކަންކަމެއް ނޫނެވެ. އަބަދުވެސް ފެނިގެންދަނީ ހައްޤު ބަހަށް ޖަދަލުކުރެވޭ ތަނެވެ. އެހެންކަމުން ޑރ. ނިޔާފް މިވަނީ މިކަމުގައި ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކަވައި ދެއްވާފައިކަން ފާހަގަކުރެވެއެވެ. 

ޑރ. ޢަބްދުﷲ ނިޔާފަކީވެސް ޑރ. ޢަލީ ނިޔާފަކީވެސް ޚިދުމަތުގައި ލާމަސީލު ނަމޫނާ ދައްކަވަމުން ގެންދަވާ ދެ ޚިދުމަތްތެރިކަން ވަރަށް ގިނަ ބައަކު ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް