އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިކާރުގެ ވެރިފަރާތް ހޯދޭނެ ގޮތެއް ނެތް! ކާރުގެ ވެރިފަރާތުން ގޭގެ މީހުންނަށް ހަމްދަރުދީވުން ކީއްތޯ؟

މިކާރުގެ ވެރިފަރާތް ހޯދޭނެ ގޮތެއް ނެތް! ކާރުގެ ވެރިފަރާތުން ގޭގެ މީހުންނަށް ހަމްދަރުދީވުން ކީއްތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ހުޅުމާލޭގައި ގެއަށް ވަންނަން އެޗްޑީސީން ހަދައިދީފައިވާ މަގުގެ ކުރިމަތީގައި މި ކާރު ޕާކުކޮށްފައި އޮންނަތާ 2 ދުވަހަށްވުރެ ގިނަވީއެވެ. ގޭގައި ދިރިއުޅޭ މުސްކުޅިންނަށާއި ކުޑަކުދިންނަށް ގެއަށް ވަނުމަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

ފުލުހުން ބުނަނީ ކާރުގެ ވެރިފަރާތުގެ ނަމްބަރުކަމަށް އެނގެން އޮތް ނަމްބަރަކީ މިހާރު ބޭނުންކުރާ ނަމްބަރަކަށް ނުވާތީ ކާރުގެ ވެރި ފަރާތް ހޯދުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެޗްޑީސީން ގެއަށް ވަންނަން މަގު ހަދައިދީފައިވާ މަގުގެ ކުރިމަތީގައި ރީނދޫ ރޮނގު ނެތުމުން ސްޓިކަރ ޖެހޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އެހެންކަމުން ފުލުހުންނަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

މާތް ﷲ ތިމާއަށް ތަނަވަސްކަން ދެއްވަވައި ކާރެއް ގަތުމުގެ މަގު ފަހިކޮށްދއްވެވުމުން އެކަމަށް ޝުކުރުވެރިވެ މީހުންނަށް އުނދަގޫނުވާނެ ގޮތަކަށް މާތް ﷲ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ހިފުމަށް ވިސްނައިލުމަކީ އޮތްކަމެކެވެ. އަދި މީހުން ދިރިއުޅޭ ގޭގެއަށް ވަދެ ނުކުމެ އުޅެވޭ ގޮތެއް ހަދައި ދިނުމަކީވެސް ސަރުކާރަކުން ކުރަން ޖެހޭނެ ކަމެއްކަންވެސް ފާހަގަކުރެވެއެވެ.

ހިތާމައަކީ މިފަދަ މައްސަލަތައް ޙައްލު ކުރުމުގައި ސަރުކާރުގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ލިބެމުން ނުދާ ކަމެވެ. ގެއަކަށް ވަނުމަށް ހުރަސް އަޅައި މަގު ބަންދުކުރުމުން އެކަން ޙައްލުކުރެވޭނެ ނިޒާމެއް ނެތްކަމެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ޢާންމުންނަށް އުނދަގޫވާގޮތަށް މިބާވަތުގެ ކަންކަން ކުރުމުން ފޯކްލިފްޓް ފަދަ ތަކެތީގެ ބޭނުންކޮށްގެން މައްސަލަ ހައްލުކުރުމަށްފަހު އެކަމަށް ހިނގާ ޚަރަދު ވެހިކަލުގެ ވެރިފަރާތުން ހޯދައެވެ. ދިވެހި ސަރުކާރުން ކުރާ ކަމަކީ ވެހިކަލް ގިނަވާ ވާހަކަ އާއި ޤަވާއިދާ ޚިލާފަށް ކަންކަން ކުރާ ކަމުގެ ވާހަކަތައް ދެއްކުމެވެ.

އިސްލާމް ދީނަށް ބެލި ނަމަވެސް ހިނގައި، ގޭގެއަށް ވަންނަން އޮންނަ މަގު ބަންދުކޮށް އެކަމަށް ހުރަސް އެޅުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއީ ރަސޫލް (ޞޢވ)ގެ ހަދީޘްފުޅުތަކުން ސާބިތުވާ ކަމެކެވެ. މީހުންނަށް އުނދަގޫވާ ގޮތަށް މަގުތަކުގައި ހުންނަ ތަކެތި ނެގުމަކީ ސަވާބުވެސް ލިބޭނެ ކަމެކެވެ. ނަމަވެސް ރާއްޖޭގައި އަމަލުކުރާ ގޮތުން ސަރުކާރުގެ އެހީތެރިކަމެއް ނުލިބޭއިރު މިފަދަ މައްސަލައެއް ޙައްލުކުރަން ރައްޔިތަކު ކަމެއްކޮށްފިނަމަ އެމީހަކު ކުށްވެރިވެއެވެ.

މިފަދަ މައްސަލަތައް ހައްލުކުރަން ސަރުކާރަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް އެބައޮތެވެ. މަގުމަތީގައި ކާރު ޕާކުކޮށްފައި ފައިބާނަމަ ވިންޑް ސްކްރީނުގައި ގުޅޭނެ ނަމްބަރެއް ޖަހަން އެންގުމެވެ. މިފަދަ ކަންކަން ނުކުރަނީ ވެރިން ދުއްވާ ކާރު ގިނަވުމުން ކަމަށްވެސް ވެދާނެއެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް