އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީއާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއި ކޮށްފި

ވިލާ ކޮލެޖާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީއާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއި ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ވިލާ ކޮލެޖާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީ (މޮސް) އާއި ދެމެދު އެކި ޕްރޮޖެކްޓު ތަކާއި ބެހޭ މަޢުލުމާތާއި އިންޑަސްޓްރި އާއި ބެހޭ މަޢުލޫމާތު ދަރިވަރުންނާއި ހިއްސާކުރުމުގައި ދެފަރާތުން އެއްބާރުލުން ދިނުމަށްޓަކައި ވިލާ ކޮލެޖާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީ އާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއި ކޮށްފިއެވެ.  

މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ. މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް، ޔޫސުފް ޢަބްދުﷲ ޝުނާނެވެ.

މި އެމްއޯޔޫގެ ދަށުން ޚާއްސަ ގޮތެއްގައި ދެފަރާތުގެ އެއްބާރުލުމާއި އެއްކޮށް އިންފޯމޭޝަން ޓެކްނޮލޮޖީ ކިޔަވަމުންދާ ދަރިވަރުންނަށް މި ދާއިރާއަށް ކޮންމެހެން މުހިންމު ޢިލްމީ އަދި ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި ހިންގޭނެ ހަރަކާތްތައް ރޭވިގެންދާނެއެވެ. މީގެ ތެރޭގައި ދަރިވަރުންގެ އެސައިންމަންޓްތަކާއި ޕްރޮޖެކްޓްތައް އިޚްތިޔާރުކުރުމުގައި އެހީތެރިވުމާއި،މި ދާއިރާގެ ފަންނީ ރިކުއަރމަންޓްތަކަށް ދަރިވަރުން އަހުލުވެރި ކުރުމުގެ އިތުރުން ދާއިރާއަށް މުޅިން އަލަށް ތަޢާރަފްވާ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމާއި އެއަށް އަހުލުވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ހުޅުވާލުން ހިމެނެއެވެ.

މީގެ އިތުރުން އިންފޯމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން އިތުރަށް ދިރާސާ ކުރުމުގައިވެސް ވިލާ ކޮލެޖާއި މޮސްގެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް