އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

188ސްކޫލަށް ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތްތައް ހޯދަނީ

188ސްކޫލަށް ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތްތައް ހޯދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ރާއްޖޭގެ 188 ސްކޫލަށް ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތްތައް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ނާސްތާ ތައްޔާރުކުރުމުގެ ބީލަމަށް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް ނާސްތާ ފޯރުކޮށްދޭން ބޭނުންވާ ސްކޫލެއްގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:30 އަށް ނަން ނޯޓު ކުރެވޭނެ ކަމަށެވެ.

ނާސްތާ ފޯރުކޮށްދިނުމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 19 ވަނަ ދުވަހު އޮންނައިރު ބީލަން ހުޅުވާނީ މި މަހުގެ 23 ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން އަޖުމަ ބެލުމަށް މީގެކުރިން 25 ސްކޫލެއްގައި ވަނީ ނާސްތާ ޕްރޮގްރާމް ހިންގާފައެވެ. އަދި މިޕްރޮގްރާމަށް ވަރަށް ރަނގަޅު ތަރުހީބެއް ވަނީ ލިބިފައެވެ.

ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފަށާނީ ދެ ވަނަ ޓާމުން ފެށިގެން ކަމަށް އެޑިއުކޭޝަނުން ބުނެފައިވާއިރު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހެވެ.

ސްކޫލުތަކުގައި ނާސްތާ ދިނުމަށް 123 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު