އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާދައިގެ ހަނޑޫ ކައިއުޅޭ ފަޤީރުން ރާއްޖޭގައި މަދުކަމަށް ބުނާ ބުނުމަކީ ދޮގުކަން ހާމަވެއްޖެ!

އާދައިގެ ހަނޑޫ ކައިއުޅޭ ފަޤީރުން ރާއްޖޭގައި މަދުކަމަށް ބުނާ ބުނުމަކީ ދޮގުކަން ހާމަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

އާދައިގެ ހަނޑޫ ކައިއުޅޭ ފަޤީރުން ރާއްޖޭގައި މަދުކަމަށް ބުނާ ބުނުމަކީ ދޮގުކަން ހާމަވެއްޖެ އެވެ. އެކަން ހަމަވީ މިރަމްޟާން މަހުގެ މިހައިތަނަށް ފިޠުރު ޒަކާތް ދެއްކި މީހުންގެ އަދަދުކަމަށް އިއްޔެ އިސްލާމިކް މިނިސްޓްރީން ހާމަކުރި ތަފްޞީލުންނެވެ. 

އެ ތަފްޞީލުގައިވާގޮތުން ފިޠުރު ޒަކާތް ދެއްކި 24429 މީހުންގެ ތެރެއިން 13،964 މީހުން ފިޠުރު ޒަކާތް ދައްކާފައިވަނީ އާދައިގެ ހަނޑުލުންނެވެ. ބާސްމަތީ ހަނޑުލުން ދައްކާފައިވަނީ 8289 މީހުންނެވެ. ގޮދަންފުށުން ދައްކާފައިވަނީ 429 މީހުންނެވެ. ޢާޓާ ފުށާއި ރަތް ހަނޑުލުން ދައްކާފައިވަނީ 390 މީހުންނެވެ. 

ހަމައެކަނި މިހިސާބުތަކަށް ބެލި ނަމަވެސް ބާސްމަތީ ނުވަތަ މޮޅު ހަނޑޫ ކައިއުޅޭ މީހުންގެ އަދަދަށްވުރެ އާދައިގެ ހަނޑޫ ކައި އުޅޭ މީހުންގެ އަދަދު 5675 ގިނައެވެ. އެހެންކަމާއިއެކުވެސް އިންސައްކަތިން ބަލާނަމަ މިހައި ގިނަ އަދަދެއްގެ މުއްސަނދިން ރާއްޖޭގައި ތިބިކަން އެއީ ގިނަ ބައަކު މުއްސަނދިވަމުން އަންނަކަން ދައްކައިދޭ ކަމެކެވެ. 

ފިޠުރު ޒަކާތް ނެރެން ޖެހޭނީ އެމީހަކު ޢާންމުކޮށް ކައި އުޅުނު ބާވަތަކުންނެވެ. ވީމާ އާދައިގެ ހަނޑޫ ކިލޯއެއް 4،5 ރުފިޔާއަށް ލިބެން ހުއްޓައި 25، 30 ރުފިޔާއަށް ލިބޭ ބާސްމަތީ ހަނޑޫ ކައި އުޅޭނީ ތަނަވަސްކަން ހުރި މީހުންކަން ފާހަގަކުރެވެއެވެ. 

ރާއްޖޭގައި ޢާންމު ގޮތެއްގައި އެންމެ އަގު ބޮޑީ ރަތް ހަނޑުލާއި އާޓާ ފުށެވެ. އެއީ ހަކުރު ބަލި ފަދަ ބަލިތަކުގައި އުޅޭ މީހުން ކާންޖެހޭ ބާވަތްތައް ކަމަށްވުމުން ކިތަންމެ އަގު ބޮޑު ނަމަވެސް ނުކައި ވާނެ އެއްވެސް ގޮތެއް ނުއޮވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް