އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާއަކީ މިހާރު ވިޔަފާރީގައި ރާއްޖޭގެ އެންމެބޮޑު އެއް ބައިވެރިޔާ: ރައީސް ޞާލިޙް

އިންޑިއާއަކީ މިހާރު ވިޔަފާރީގައި ރާއްޖޭގެ އެންމެބޮޑު އެއް ބައިވެރިޔާ: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

އިންޑިއާއަކީ މިހާރު ވިޔަފާރީގައި ރާއްޖޭގެ އެންމެބޮޑު އެއް ބައިވެރިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް  ޞާލިޙް މިހެންވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޝަރަފުގައި މިރޭ  ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ދެއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދެޤައުމުގެ ޞިއްޙީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ތަޢުލީމީ ދާއިރާފަދަ އެތައް ދާއިރާއަކުން ގުޅިލާމެހިފައިވާކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ އިންޑިއާއަކީ މިހާރު ވިޔަފާރީގައި ރާއްޖޭގެ އެންމެބޮޑު އެއް ބައިވެރިޔާ ކަމަށެވެ. 

ރައީސްގެ ވާހަކަފުޅުގައި ރާއްޖެއާ އިންޑިއާގެ ގުޅުމުގެ ދިގުމާޒީއަށް ވަނީ ބައްލަވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި، ދެޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް މިއަދު ވަނީ ބާއްވަވާފައެވެ. މީގެއިތުރުން ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ދެ ޤައުމުގެ ސަރުކާރުގެ، ގުޅިފައިވާ ރަސްމީ ބަޔާނެއް ވެސް، ވަނީ ދެއްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު