އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑު ދިދަ ތިރިވުން - ޤައުމުގެ މިނިވަންކަމަށް އަންނަން އުޅޭ ލޮޅުމެއްގެ އިންޒާރެއް؟

ބޮޑު ދިދަ ތިރިވުން - ޤައުމުގެ މިނިވަންކަމަށް އަންނަން އުޅޭ ލޮޅުމެއްގެ އިންޒާރެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ފިޠުރު ޢީދު ދުވަހު ކުރި ގަދަ ވިއްސާރައިގައި މާލޭ ޖުމްހޫރީ މައިދާނުގައި ނަގާފައި ހުރި ބޮޑު ދިދަ ބައިދަނޑިއަށް ތިރިވުމާއި ގުޅިގެން އެއީ "ޤައުމުގެ މިނިވަންކަމަށް އަންނަން އުޅޭ ލޮޅުމެއްގެ އިންޒާރެއް؟" ކަމާއިމެދު ގިނަ ބައަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެކަމާއި ގުޅިގެން އެކި ގޮތްގޮތަށް މާނަކޮށް ސޯޝަލް މީޑިއާގައި ގިނަ ބައަކު ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.  

ވިސްނުމަކީ ތަފާތު އެއްޗެއް ކަމުން ބައެއް ފަރާތްތަކުން ވަނީ އެއީ ޤައުމަށް ކުރިމަތިވާން އުޅޭ ބޮޑު ހިތާމައެއްގެ އިންޒާރުކަމަށްވެސް ބުނެ އެކަމަށް ސަމާލުވުމުގެ މުހިންމުކަންވެސް ފާހަގަކޮށްފައެވެ.  

މީޓިއޮރޮލޮޖީން ބުނަނީ މިމަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހަކީ ވަރަށް ބާރު ސްޕީޑެއްގައި ގިނަ ވަގުތުތްކެއްގައި ވައިޖެހުނު 2 ދުވަސް ކަމަށެވެ. ނަމަވެސް އެއިގެ ކުރިން އެ ދެ ދުވަހަށްވުރެ މާ ބާރަށް ވައިޖެހިފައިވާ ކަމަށާއި ނަމަވެސް އެފަދަ ބާރުމިނުގައި ވައިޖެހިފައިވަނީ މަދު ވަގުތުކޮޅެއްގައި ކަމަށެވެ. 

ބާރަށް މަދު ވަގުތުގައި ވައި ޖެހުމާއި އެ ބާރުމިނުގައި ނޫން ނަމަވެސް ބާރު މިނުގައި ގިނަ ވަގުތު ވައިޖެހުމުން މީގެ ކުރިން ލިބިފައިވާ ގެއްލުންތައް ތަފާތުކަން ފާހަގަކުރެވޭ ކަމަށްވެސް މީޓިއޮރޮލޮޖީން ބުނެފައިވެއެވެ.

މިފަހަރުގެ ފިޠުރު ޢީދު ވެފައިވަނީ ފަހަކަށް އައިސް އެންމެ ވިއްސާރަކުރި ޢީދަށެވެ. އީދު ނަމާދުކުރި ވަގުތުވެސް ބޯކޮށް ވާރޭ ވެހުމުން ގިނަ ބަޔަކު ތެމި ފޯވެގެން ތިބެ ޢީދު ނަމާދުކުރިކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.   

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް