އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. ޒާކިރު ނައިކަށް އިންޞާފެއް ނުލިބޭނެ! އިންޑިއާއަށް ފޮނުވައިލެވޭކަށް ނެތް!: މަހާތީރު

ޑރ. ޒާކިރު ނައިކަށް އިންޞާފެއް ނުލިބޭނެ! އިންޑިއާއަށް ފޮނުވައިލެވޭކަށް ނެތް!: މަހާތީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

އިންދިއާއިން އެދުނު ނަމަވެސް ޑރ. ޒާކިރު ނައިކް އިންޑިއާއަށް ފޮނުވައިލެއްވެން ނެތް ކަމަށާއި ސަބަބަކީ ޑރ. ޒާކިރު ނައިކުގެ މައްޗަށް ޢަދުލކުވެރި ޝަރީޢަތެއް ކުރެވި އިންބާފު ނުލިބޭނެ ކަމަށް ޤަބޫލުފުޅު ކުރެއްވޭތީ ކަމަށް މެލޭސިޔާގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

މަހާތީރު ވިދާޅުވީ އެ ޤައުމަކުން މީހަކަށް އިންޞާފު ނުލިބޭނެކަމަށް ޤަބޫލު ކުރެވޭނަމަ އަނބުރައި ފޮނުވައި ނުލުމުގެ ޙައްޤު އެ ޤައުމަކަށް ލިބިގެންވާ ކަމަށެވެ. އެގޮތުން މެލޭސިޔާއިން މަރުގެ ޙުކުމް އިއްޔާފައިވާ ސިރުލް އަޒްހަރު ޢުމަރު މެލޭސިޔާއަށް ނުފޮނުވައި އޮސްޓްރޭލިއާގައި ބަހައްތާފައި ހުރިކަން މަހާތީރު ވަނީ ފާހަގަކުރައްވައިފައެވެ.

ޑރ. ޒާކިރު ނައިކް އިންޑިއާ ދޫކުރައްވާފައިވަނީ 2016 ވަނަ އަހަރު އޭނާގެ މައްޗަށް ޓެރަރިޒަމަށް ހިތްވަރު ދެއްވުމާއި ޤާނޫނާއި ޚިލާފަށް ގިނަ ކަންތައްތަކެއް ކުރައްވާފައިވާ ކަމަށް އިންޑިއާއިން ތުހުމަތު ކުރުމާއި ގުޅިގެންނެވެ.

ޑރ. ޒާކިރު ނައިކް ވިދާޅުވަމުން ގެންދަވަނީ އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް ދަރުސެއްގައި އިންޑިއާއިން ތުހުމަތުކުރާ ފަދަ އެއްވެސް ވާހަކަފުޅެއް ދައްކަވާފައި ނުވާނެ ކަމަށާއި ދައްކަވާފައިވާނަމަ އެ ވީޑިއޯއެއް ޢާންމުކުރުމަށެވެ. އެފަދަ އެއްވެސް ވީޑިއޯއެއް މިހައިތަނަށް ޢާންމުކޮށްފައެއް ނުވެއެވެ.

ޑރ. ޒާކިރު ނައިކަކީ އަބަދުވެސް ޓެރަރިޒަމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާ އަދި ހައްދުފަހަނައަޅައި ނުދިއުމަށް ގޮވާލައްވާ ޢިލްމުވެރިއެއްކަން އެމަނިކުފާނުގެ ދަރުސްތަކުން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް