އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ވަރަކަށް ބޮމާ ބަޑިން ޝަހީދުކުރި ނަމަވެސް ޣާޒާގެ ކުދިންގެ ހިތްވަރަކަށް ބަދަލެއް ނާދޭ!

ކިތަންމެ ވަރަކަށް ބޮމާ ބަޑިން ޝަހީދުކުރި ނަމަވެސް ޣާޒާގެ ކުދިންގެ ހިތްވަރަކަށް ބަދަލެއް ނާދޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބޮން އަޅައިގެންނާއި ބަޑިން ހަމަލާދީގެން ކޮންމެ ދުވަހަކުހެން އެގެންދަނީ ފަލަސްޠީނުގެ، ޚާއްޞަކޮށް ޣާޒާގެ އެތައްބައަކު ޝަހީދުކުރަމުންނެވެ. ޝަހީދުކުރަނީ ވަކި އުމުރަކަށްވެސް ބަލައިގެނެއް ނޫނެވެ. ހިތަށް އެރުމުން ބަޑިތައް ތަޅައިގަންނަންވީއެވެ. އަމާޒުވާނީ ހައްދުފަހަނައަޅާފައިވާ ގޮތުން ޓެރަރިސްޓުންނަށެވެ. އުމުރުން ދުވަސްވެ ނުހިނގޭ މީހަކު ނަމަވެސް، ނުކުޅެދޭ މީހަކު ނަމަވެސް ބަލިވެގެން ހޮސްޕިޓަލުގައި އެޑިމިޓްކޮށްފައި އޮތް ނަމަވެސް އަދި ކިރިޔާ ފިރުކިލެވޭ ކުޑަކުއްޖަކު ނަމަވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ކުރިމަތީގައި ވަނީ ޓެރަރިސްޓަކަށެވެ. 

ޢަޖައިބަކީ މައިން ބަފައިން ޝަހީދުކުރި ނަމަވެސް އަޚުންނާއި އުޚުތުން ޝަހީދުކުރި ނަމަވެސް ޣާޒާގެ ކުޑަކުދިންގެ ހިތްވަރަށް އެއްވެސް ބަދަލެއް ނުއަންނަ ކަމެވެ. 

ޝަހީދުކުރުމުން އެވަގުތު ލޮލުން ކަރުނަ އެޅި ނަމަވެސް މޫނު ފޮހެލުމަށްފަހު ތިބެނީ ހިނިތުންވެގެން ކަމެވެ. އެއީ ﷲ ތަޢާލާ އެކުދިންނަށް ދެއްވަވާފައިވާ ޚާއްޞަ ބާރެކެވެ! ދުޢާއަކީ އެކުދިންގެ ލޯތަކުން ކަރުނަ އަޅަން ނުޖެހޭނެ ދުވަހެއް ވީހައި އަވަހަކަށް ދެއްކެވުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް