އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެނިފެސްޓޯގަ ހުރި ހުރިހާ ވައުދުތަކެއް 5 އަހަރުތެރޭގަ ފުރިހަމަކުރެވޭނެ: އަމީރު

މެނިފެސްޓޯގަ ހުރި ހުރިހާ ވައުދުތަކެއް 5 އަހަރުތެރޭގަ ފުރިހަމަކުރެވޭނެ: އަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

މިސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯގައި ވައުދުވެފައި ހުރި ހުރިހާ ވައުދުތަކެއް މިސަރުކާރުގެ ވެރިކަމުގެ 5 އަހަރުތެރޭގައި ފުރިހަމަކުރެވޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

 

އިންވެސްޓް ފޯރަމަށްފަހު ކުރުނބާ މޯލްޑިވްސްގައި ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އަމީރު ވިދާޅުވީ މެނިފެސްތޯގައި ހުންނާނީ ރައްޔިތުންނަށް މިހާރުން މިހާރަށް ބޭނުންވެފައިވާ ތަރައްޤީޯގެ މަޝްރޫޢުތައް ކަމަށާއި އެ މަޝްރޫޢުތަކަށް ބައިނަލްއަޤްވާމީ އެހީތެރިކަން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިފޯރަމްގެ ތެރެއިން ލިބިވަޑައިގެންފައިވާ ކަމަށެވެ.

 

އަމީރު ވިދާޅުވީ އެހީއަށް އެދި މިސަރުކާރުން ކަންކަން ހުށަހަޅަމުން ގެންދަނީ ޤައުމުގެ މާލީ ޙާލަތުގައި މައްސަލަތަކެއް ހުރިކަން ޤަބޫލުކޮށް އެ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްވެސް ކުރުމާއި އަދި އެކަމުގެ ޕްލޭނެއްވެސް އެކުލަވާލައިގެން ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ކުރާ މަސައްކަތްތަކާއި ޕްލޭން، ރާއްޖެއަށް އެހީތެރިވާން ތިބި ފަރާތްތަކުން ބަލައިގެންފައިވާ ކަމަށެވެ. "އެމީހުން ތިބީ ހަމައެކަނި އެހީއެއް ދީފައި ނިންމައިލާ ގޮތަކަށް ނޫން. ރާއްޖޭގެ މާލީ ރޭންކިންގ މަތިކުރެވެންދެން އަތުގައި ހިފައިގެން ކުރިއަށް ގޮސްދޭން ތައްޔާރަށް އެމީހުން ތިބީ."

 

އަމީރު ވިދާޅުވީ އެހީތެރިކަން ހޯދާނީ މަޝްރޫޢުތަކަށް ބޭނުންވާ މިންވަރަށް ކަމަށާއި އެކަން ކުރާނީ އިތުރު ތަކްލީފަކަށް ނުވެ ކަންކަން ކުރެވޭނެ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުން ދަރަނި އިތުރުވެގެން ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ. މަޝްރޫއުތައް ފުރިހަމަކޮށް އެކަމުގެ ފައިދާ ރައްޔިތުންނަށް ސަރުކާރުން ހޯދައިދޭނެ ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް