އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިސް ބޭފުޅުންނާ ނައިބު ރައީސް ބައްދަލު ކުރައްވައިފި

މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިސް ބޭފުޅުންނާ ނައިބު ރައީސް ބައްދަލު ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިސް ބޭފުޅުންނާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގައެވެ.

 

މި ބައްދަލުކުރެއްވުމުގައި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އާއިޝަތު ނޫރާއާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބޯޑް މެމްބަރ އާރިފް ރަޝީދާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

މި ބައްދަލުކުރެއްވުމުގައި، މޯލްޑިވްސް ރެޑް ކްރެސެންޓް ހިންގުމުގައި ދިމާވާ ބައެއް ގޮންޖެހުންތައް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޯލްޑިވްސް ރެޑް ކްރެސެންޓްގެ 10 ބްރާންޗް ހަރަކާތްތެރިވަމުންދާއިރު އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގައި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ބްރާންޗް ހިންގުމަށް ބޭނުންވާ ބިމުގެ ދަތިކަން ކަމުގައި ރެޑް ކްރެސެންޓްގެ އިސްބޭފުޅުން ފާހަގަކުރެއްވިއެވެ.

 

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފަރާތުން ރާއްޖޭގައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، މޯލްޑިވްސް ރެޑް ކްރެސެންޓުން ފާހަގަކުރައްވާފައިވާ ކަންތައްތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ޙައްލުކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ