އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަޙްޤީޤް މަޖިލިސްތައް އަޑުއަހަން ވަންނަ މީހުންނަކީ އެތަނުގަ މުޒާހަރާކުރަން ވަންނަ ބައަކަށްވުމުން ގިނަ ބައެއްގެ ކަންބޮޑުވުން!

ތަޙްޤީޤް މަޖިލިސްތައް އަޑުއަހަން ވަންނަ މީހުންނަކީ އެތަނުގަ މުޒާހަރާކުރަން ވަންނަ ބައަކަށްވުމުން ގިނަ ބައެއްގެ ކަންބޮޑުވުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލަ ދަރުބާރުގޭގައި ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއައިރު ތަޙްޤީޤް އަޑުއަހަން ވަދެއިން މީހެއްގެ އަމަލުތަކާއި ބަހުރުވަ ހުރި ގޮތުން އޭނާ ވަނީ ނެރެން ޖެހިފައެވެ.

ކޯޓެއްގައި ނޫން ނަމަވެސް ކުރިއަށް ގެންދެވޭ މިފަދަ ބައްދަލުވުންތައް އަޑުއަހަން ވަންނަ މީހުންގެ ކިބައިގައި ވެސް އަޚްލާޤީ ގޮތުން އެކަށީގެންވާ ފެނަވަރެއް ހުންނަން ޖެހޭނެކަން ގިނަ ބައަކު ފާހަގަކުރެއެވެ. އަދި ލައިވްކޮށް ފޮނުވަމުން ގެންދާ ޕްރޮގްރާމެއްގެ ތެރެއިން އަވަގުރާން ގޮވުން ފަދަ ދަށުދަރަޖައިގެ އަމަލުތައް ކުރުމުގެ ފުރުޞަތު ދެވިގެން ނުވާނެކަންވެސް ގިނަބައަކު ފާހަގަކުރެއެވެ. 

ތަޙްޤީޤްތައް ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖޭއެސްސީ އިން ނިންމީ ޢަބްދުﷲ ދީދީ އެކަމަށް އެދުމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް